ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

main.jpg

އޭދަފުށީގެ ޕެޓްރޯލް ޝެޑަކުން ސައިކަލަކަށް ޕެޓްރޯލް އަޅައިދެނީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އަށް މަސް ފަހުން އެސްޓީއޯއިން ތެލުގެ އަގަސް ގެނައި ބަދަލަށް ބަލާއިރު ޑީސަލް ލީޓަރަކުން ވަނީ 62 ލާރި އަގުހެޔޮ ކޮށްފައެވެ. އަދި ޕެޓްރޯލް ލީޓަރަކުން ވަނީ 83 ލާރި އަގުހެޔޮ ކޮށްފައެވެ.

އެހެންކަމުން، ކުރިން 16.32 ލާރިއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް ދެން ލިބޭނީ 15.70 ލާރިއަށެވެ. ކުރިން 15.97އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް ދެން ލިބޭނީ 15.14 ލާރިއަށެވެ.

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުއެވެ. އޭރު 58 ލާރި ވަނީ ޕެޓްރޯލް ލީޓަރަކުން އަގުހެޔޮ ކޮށްފައެވެ. އަދި ޑީސަލް ލީޓަރަކުން 45 ލާރި އަގުހެޔޮ އަގެކެވެ.

އެސްޓީއޯއިން ބުނީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top