ވެޓެރަންސް ޓީމް ބަލިވެއްޖެ

30124356_1904519316226306_927889074912980870_n-1.jpg

އިއްޔެ ހަވީރު މޯލްޑިވްސް ސޮކާ މޭޓްސް ވެޓެރަންސް އާއި އޭދަފުށީ ވެރެރަންސް ކްލަބް ބައްދަލު ކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗު 2-5 އިން އޭދަފުށި ބަލިވެއްޖެއެވެ.

މާލޭގެ ޓާފް އެއްނަންބަރު ދަނޑުގައި ކުޅުނު މި މެޗުގައި ސޮކަރމޭޓްސް ޓީމުން ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިން ތަކެއް ފެނިގެން ދިޔައެވެ. އޭގެ ތެރޭގައި މޯނިންގސަން މޫސާމަނިކާއި ވިކްޓަރީގެ އަނިލް ގެ އިތުރުން ކެޕްޓަން އައްސަދު އަބްދުލްގަނީ ހިމެނެ އެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ޑިފެންސް ލައިން 10 އަހަރު ބެލެހެއްޓި އޭދަފުއްޓަށް އުފަން މުހައްމަދު ޖަމީލު އާއި މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ބިންމާ އަބްދުﷲ ވަހީދު ކުޑަހީނާ ފަދަ ކުޅުންތެރިން ވެސް އެ ޓީމުން ފެނިގެން ދިޔައެވެ.

އޭދަފުށީ ޓީމުން ފާހަގަކުރެވުނު ކުރީގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ވިކްޓަރީން ގައުމީ ތަށި މިލްކުކުރިއިރު ކުޅުނު އިބްރާހިމް ފައުޒީ އާއި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ކެޕްޓަން އަބްދުލްމަޖީދު ހަސަނާއި މިދިޔަ އަހަރު އޭދަފުށީ ފުޓްބޯޅަ ޓީމުން ރިޓަޔާކުރި އަބްދުލްމަޖީދު (މަޖިއްޓެ) ހިމެނެ އެވެ.

މި މެޗުގައި ސޮކާ މޭޓްސް ޖެހި 5 ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާދީފައިވަނީ  އައްސަދު އަބްދުލްޣަނީ އެވެ. އަނެއް ދެ ލަނޑު ޖެހީ އިސްމާއިލް އަނިލް އެވެ.

އޭދަފުށީ ޓީމަށް ލަނޑު ޖަހައިދިނީ ނަދީމް ހަބީބު އާއި މުހައްމަދު ޒުހާން އެވެ.

 

މި މެޗު ޝަރަފްވެރިކޮށްދެއްވީ އޭދަފުށީ ވެޓަރެންސް ކްލަބްގެ މަސްއޫލުވެރިޔާ އަދި އޭދަފުށީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އަބްދުލްރައްޒާގު މުހައްމަދު އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top