މާޅޮހު ރާބިޔާއަށް ގައުމީ އިނާމް ލިބިއްޖެ. މަރުހަބާ ރާބިޔާ…

23380027_1624857460906226_8605289737626574943_n.jpg

ބ. އަތޮޅުގެ މަޝްހޫރު އަދި ކާމިޔާބު ވިޔަފާރިވެރިޔާ ބ. މާޅޮހު ރާބިޔާ ހުސައިން ދިވެހިރާއްޖޭގެ ޝަރަފްވެރި ގައުމީ އިނާމް ހާސިލް ކޮށްފިއެވެ.

މިރޭ މާލޭގައި ކުރިޔަށްދާ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ރާބިޔާއަށް ގައުމީ އިނާމް ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. ރާބިޔާއަށް ގައުމީ އިނާމް ލިބުނީ އަމިއްލަ ވިޔަފާރި ހިންގުމާއި، އެމަސައްކަތް ތަރައްޤީކޮށް ކުރުމުއްދަތެއްގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށެވެ.

2001 ވަނަ އަހަރު ކުޑަކުޑަ އަމިއްލަ ވިޔަފާރިއަކުން ފެށި ރާބިޔާގެ ވިޔަފާރި މިހާރުވަނީ މުޅި އަތޮޅަށް ފުޅާކޮށްފައެވެ. އޭނާގެ ވިޔަފާރީގެ ތެރޭގައި ހާޑްވެއަރ އަދި އާންމު މުދާ ހިމެނޭއިރު އޭނާއަކީ ބޭންކް އޮފް މޯލްޑިވްސްއާއި، ގޭހުގެވެސް މާޅޮހުގެ އެޖެންޓެވެ.

ރާބިޔާއަށް އީވީގެ ފަރާތުން ހޫނު މަރުހަބާއަކާ ތަހުނިޔާ ކިޔަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top