18އަހަރުން މަތީގެ އެންމެންނަށް 4 ވަނަ ޑޯޒް ދޭން ފަށައިފި

large_160608061248h5RY.jpg

އުމުރުން 18 އަހަރުން މަތީގެ ހުރިހާ މީހުންނަށް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ދޭން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އުމުރުން 18 އަހަރުފުރިފައިވާ އެންމެނަށް މިއަދުން ފެށިގެން ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަތަރުވަނަ ޑޯޒް ޖަހާނީ ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް ޖެހި ފަހުން ހަތަރު މަސް ވެފައިވާ މީހުންނަށް ކަމަށާ ހަތަރު ވަނަ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިން ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އަތޮޅުތެރޭގައި ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާންމު ކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އޭގެ އިތުރުން 12 އަހަރުން މަތީގެ މީހުންގެ ތެރެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ނުކޮށްތިބި މީހުންނަށް ވެސް ވެކްސިން ދިނުމުގެ އިންތިޒާމް ސެންޓަރުތަކުން ހަމަޖެހިފައިވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top