ދަރަވަންދޫ ގޮޑުދޮށް ހިމާޔަތްކުރުމާއި ކަމަދޫ ބަނދަރު މަސައްކަތުގެ އަދާހަމަ ދީފި

photo_6107386050180657754_y-pueuw9w629ps4loihjuhyoo1tgbseeeo77f6ett9ww.jpg

ބ.ދަރަވަންދު އާއި ކަމަދޫ ތަރައްގީއަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު ތަކުގެ އަދާހަމަ ދީފިއެވެ.

އެމްޓީސީސީން ބުނީ ދަރަވަންދޫގައި ކުރިއަށް ގެންދާ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާކަމަށާއި ބޭރުތޮށި ލުމުގެ މަސައްކަތުގެ 66 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 34އިންސައްތަ ނިމިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 96 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި 10،800 ކޮޑި މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 490 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

މިއީ 22.14 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ބ. ކަމަދޫގައި ކުރިއަށް ގެންދާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާކަމަށް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 25،636ކޮޑި މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 628 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ. އަދި 346 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއްވެސް ހަދާނެއެވެ.

މިއީ 47.01 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top