ތުޅާދޫ ސްކޫލްގެ ހޯލް އިމާރާތް ކުރަން ހަވާލުކޮށްފި

education-thulhaadhoo-school.jpg

ތުޅާދޫ ސްކޫލް ގައި އަޅާ ހޯލް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން —

ބ.ތުޅާދޫ ސްކޫލްގައި މަލްޓީ ޕާޕަސް ހޯލެއް އިމާރާތް ކުރުމަށް ހަވާލުކޮށްފި އެވެ.

އެ ސްކޫލްގައި ހޯލެއް އިމާރާތް ކުރަން ހަވާލު ކުރީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އާ އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހިމެވެ. ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖަރު ޝިއުސް ފަރީދެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ތުޅާދޫ ސްކޫލްގައި ހޯލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލު ކުރީ12.4 މިލިއަން ރުފިޔާއަށް ކަމަށެވެ. މި މަސައްކަތަކީ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ.

މިމަސައްކަތް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top