ރަހުނަކާ ނުލާ ބީއެމްއެލް އިން 1.2 މިލިއަނާ ހަމައަށް ލޯނު ދޫކުރަނީ

IMG_20220124_173046574.jpg

ބީއެމްއެލް /އޭދަފުށި

ބޭންކް އޮފް މޯލްޑިވްސްއިން ރަހުނަކާ ނުލާ، 1.2 މިލިއަނާ ހަމައަށް ލޯނު ދޫކުރެވޭގޮތް ހަމަޖައްސައިފި އެވެ.

އެކަން ހާމަކޮށް ބީއެމްއެލްއިން މިއަދު ބުނީ ރަހުނަކާ ނުލާ ދުކުރާ ލޯނާއި ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް، މިހާރު ރަހުނަކާ ނުލާ 1.2 މިލިއަނާ ހަމަޔަށް ލިމިޓް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ބޭންކުން ބުނި ގޮތުގައި މިއަދުން ފެށިގެން، އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލެވި ލޯނުތައް ދޫކުރަމުން ދާނީ ‘ބީއެމްއެލް ލުއި ލޯނު’ ގެ ގޮތުގައެވެ. އެގޮތުން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ބޭންކުގެ ކަސްޓަމަރުންނަށް 1.2 މިލިއަން ރުފިޔާ އާއި ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިން ދޫކުރާނެ ކަމަށް އެ ބޭންކުން ބުނެއެވެ. މި ބަދަލާ އެކު، ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި ޕާސަނަލް ފައިނޭންސިން ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީ އަށް ވެސް ބަލާނެކަމަށް ބީއެމްއެލުން ބުނެއެވެ.

“އަޅުގަނޑުމެންގެ ޕޯޓްފޯލިއޯ އަށް މިގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ފަހިވެފަ. ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން.” ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލްގެ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ލުއި ލޯނު އަދި ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. އަދި އެގޮތަށް ހުށަހަޅާ ހުށަހެޅުންތައް 5 ދުވަސް ތެރޭ ޕްރޮސެސް ކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top