އޭދަފުށި ކައުންސިލަށް އަދިވެސް އެސްޖީއެއް ނުލިބޭ

ކައުންސިލް.jpg

އޭދަފުށީ ކައުންސިލްގެ އިދާރާ

އޭދަފުށީކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އެއް ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން އިން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

އޭދަފުށި ކައުންސިލުގައި މިހާރު ހުންނަނީ ވަގުތީ އެސްޖީ އެކެވެ.

އޭދަފުށީކައުންސިލު ހިމެނެޭހެން ރާއްޖެތެރޭގެ 36 ރަށެއްގެ ރަށު ކައުންސިލަށް އެސްޖީ އިން ބޭނުންވެގެން މިއަދުވަނީ އިއުލާނު ކޮށްފަ އެވެ.

އެސްޖީން އައްޔަން ކުރާނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މުސާރައަކީ 8000ރ. އާއި 10000ރ. އާ ދެމެދުގެ އަދަދެކެވެ. އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6000 އާއި 7000 ގެ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް ލިބިގެންދާއިރު ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ވެސް ލިބިގެން ދާނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top