ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރަން އެމްޓީސީސީ އަށް

big_BBW29njJRVdOO7mYcszlX8cIJ.jpg

ދަރަވަންދޫ ބަނދަރު ހަދަން ހަވާލު ކުރުމުގެ ރަސްމިއްޔާތު :

ބ. ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

މި މަޝްރޫއުގެ ދަށުން ދަރަވަންދޫ ބަނދަރު 1،843 ކޮޑި މީޓަރަށް ފުންކުރާނެ އެވެ. އަދި އަލަށް އިތުރު ކުރެވޭ ބަނދަރުގެ ބޭސިން 30،504 ކޮޑިމީޓަރަށް ފުންކުރާނެ އެވެ. މީގެ އިތުރުން 352 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 83 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި 24 މީޓަރު ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި 248 މީޓަރު އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން 248 މީޓަރު ސްކޯރިން އެޕްރަން ޖެހުމުގެ މަސައްކަތާއި ދެ ނެވިގޭޝަން އެއިޑް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 74 މޫރިން ރިންގް ހަރުކުރުމުގެ މަސައްކަތާއި 34 މޫރިން ބޮއި ހަރުކުރުމުގެ މަސައްކަތާއި އެކްސެސް ޕްލެޓްފޯމް އެޅުމާއި ކޮންކްރީޓް ޖެޓީއެއް އަޅާނެ އެވެ.

މަޝްރޫއުގެ ދަށުން 10 މަގުބައްތި ހަރުކުރުމާއި 2104 އަކަ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެ އެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 59.9 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ދަރަވަންދޫ ހިމެނޭހެން ހަ ރަށެއްގެ މަޝްރޫއުތައް ހިންގުމަށް އެކި ފަރާތްތަކާއެކު މިއަދު އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް މިގޮތަށް ޕްރޮޖެކްޓްތަކުގައި ސޮއި ކުރަމުންދާތީ ސަރުކާރަށް އެކި ފަރާތްތަކުގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top