އީދުބަންދަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރު ކުރަނީ

b_jEVCnLPEzPhP5nUxx3iWE2D3e.jpg

މޯލްޑިވިއަންގެ ފްލައިޓެއް ---ފޮޓޯ : މޯލްޑިވިއަން

އީދު ބަންދާ ދިމާކޮށް ދިވްހި ގައުމީ އެއާލައިން، މޯލްޑިވިއަން ގެ ދަތުރުތައް އިތުރު ކުރަން ނިންމައިފި އެވެ.

އައިލެންޑް އޭވިއޭޝިއަންގެ މާކެޓިން އެންޑް ޕީއާރް އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވީ ޗުއްޓީއާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް ބާރު ބޮޑުވާތީ މޯލްޑިވިއަން އިން އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން ބ.ދަރަވަންދު އާ މާލެއާ ދެމެދު ކުރަމުން އައި ދަތުރުތައް މެދުކަނޑާލުމަށް ފަހު އަލުން އަންނަ ޖޫން 15 އިން ފެށިގެން ކުރިއަށް ގެންދަން ނިންމާފައެވެ.

މޚީގެ އިތުރުން ހއ. ހޯރަފުއްޓާއި ހދ. ހަނިމަދޫ އާއި ށ. ފުނަދޫ އަދި ތިމަރަފުއްޓަށް ފްލައިޓް އިތުރު ކުރުމާއެކު ނ. މާފަރަށް އޭޓީއާރް މަރުކާގެ 70 ފަސިންޖަރުންގެ ފްލައިޓްތައް ބޭއްވުމަށް ނިންމާފަ އެވެ.

ހއ. ހޯރަފުށި އެއާޕޯޓަށް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކޮންމެ ބުރާސްފަތި ދުވަހަކު ފްލައިޓެއް އިތުރުކުރަން ނިންމާފައިވާއިރު ހދ. ހަނިމާދޫ އެއާޕޯޓަށް މިމަހުގެ 23، 25، އަދި 27 ވަނަ ދުވަހު ފްލައިޓެއް އިތުރުކުރާނެ އެވެ. މީގެ އިތުރުން 23 އަދި 27 ވަނަ ދުވަހު ތިމަރަފުއްޓަށް ފްލައިޓެއް އިތުރުކުރަން ވަނީ ނިންމާފަ އެވެ.

ފުނަދޫއަށް މިމަހުގެ 22 ވަނަ ދުވަހުން އޮގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ އަންގާރަ ދުވަހަކު ފްލައިޓެއް އިތުރުކުރަން ވަނީ ހަމަޖެހިފަ އެވެ.

މިމަހުގެ 22 އިން ޖުލައި ދެވަނަ ދުވަހުގެ ނިޔަލަށް ނ. މާފަރު އެއާޕޯޓަށް ދަތުރުކުރާނީ އެ އެއާލައިންގެ އޭޓީއާރް މަރުކާގެ 70 ފަސިންޖަރުންގެ ފްލައިޓެވެ.

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މިވަގުތު އޭޓީއާރް-72 މަރުކާގެ 70 ފަސިންޖަރުންގެ ދެ ފްލައިޓާއި އޭޓީއާރް-42 މަރުކާގެ 46 ފަސިންޖަރުންގެ ފްލައިޓެއް އޮވެއެވެ. މީގެ އިތުރުން ޑޭޝް8-300 މަރުކާުގެ 50 ފަސިންޖަރުންގެ އަށް ފްލައިޓާއި ޑޭޝް8-200 މަރުކާގެ 37 ފަސިންޖަރުންގެ ދެ ފްލައިޓް އޮވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top