ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރުންގެ ދުވަސް ފާހަގަކޮށްފި

43027872_2576054192421115_4477499759652765696_n.jpg

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ބޭއްވި ކޭކުފެޅުމުގެ ރަސްމިއްޔާތު - ފޮޓޯ :ބ.އތމ.

ބައިނަލް އަގްވާމީ ޓީޗަރުންގެ ދުވަހަކީ އޮކްޓޯބަރ 5ވަނަ ދުވަހެވެ. އެކަމަކު މާދަމާ އަކީ ބަންދު ދުވަހެއް ކަމުން ރާއްޖޭގެ ސްކޫލްތަކުގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ މިއަދު އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރުންގެ ދުވަސް މިއަދު ފާހަގަ ކޮށްފައިވަނީ ވަރަށް ކުލަގަދަ ކޮށެވެ. ދުވަހުގެ ތީމަކީ ޕޮލްކާޑޮޓް ކަމުން ސްކޫލްގެ ގޯތިތެރެ އެކި ކުލަކުލައިގެ ރިންގުތަކާ ބެލޫން ތަކުން ޒީނަތްތެރި ކޮށްފައިވާއިރު ޓީޗަރުންނަށް ދަރިވަރުން މަރުހަބާ ކިޔާފައިވަނީ ނެށުމުގެ އައިޓަމަކުންނެވެ. 

ޓީޗަުންގެ ދުވަހާ ގުޅުވައިގެން ހަދިޔާ ދިނުމަކީ މަނާ ކަމަކަށް ވާތީ މިއަދު އެކުދިން ޓީޗަރުން ދެކެ ވާ ލޯބި ބަންޑުން ކޮށްލީ އެކި ކުލަކުލައިގެ ތަހުނިޔާ ކާޑު ތަކުންނެވެ.

ދުވަސް ފެށުމުގެ ގޮތުން ސްކޫލްގެ ހުރިހާ ކުދިން އެކުގައި ޓީޗަރުންނާއެކު ހެނދުނުގެ ނާސްތާ އަށް އިންސާފު ކުރަމުން ދިޔައިރު ޓީޗަރުންނާ ދަރިވަރުންގެ މެދުގައި އޮތް ލޯބިވެތި ގުޅުން ފެނިގެން ދިޔައެވެ.

ފޮޓޯ ؛ބއތމ.

މީގެ އިތުރުން ސްކޫލްގެ ޕީޓީއޭގެ ފަރާތުން ޓީޗަރުންނަށް އަރުވާ ރޭގަނޑުގެ ފަރިއްކޮޅެއް އޮންނާނެކަމަށް ޕީޓީއޭ އިން ބުނެއެވެ.

ދުވަހުގެ މުނާސަބަތުގައި އޭދަފުށީ ވޮއިސްގެ ފަރާތުން އެންމެހާ ޓީޗަރުންނަށް ތަހުނިޔާ ފޮނުވަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top