ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2018 : ޝާކް ސިޓީއާއި އެފްސީ ކަރާ ފައިނަލަށް

2-2.jpg

ފޮޓޯ :އިބްރާހީމް ނިޔާޒް

ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2018ގައި އިއްޔެ ކުޅުނު ޝާކް ސިޓީއާއި ޝާކްސިޓީ ޖޫނިއަރ ބައްދަލު ކުރި މެޗުން ޝާކްސިޓީ މޮޅުވެ އެޓީމް ފައިނަލްގެ ޖާގަ ޔަގީން ކޮށްފިއެވެ.

2-12 ގެ ބޮޑު ތަފާތަކުން ޝާކް ސިޓީ މި މެޗް ކާމިޔާބު ކޮށްފައިވާ އިރު ދެވަނަ މެޗު ގައި އެފްސީ ކަރާ އާއި ފެހެންދޫ ސްޕޯޓްސް ކްލަބް ވާދަ ކުރި މެޗު ނިމިފައިވަނީ 3-2 ގެ ނަތީޖާއިން އެފްސީ ކަރާ މޮޅުވެގެންނެވެ. އެހެންކަމުން ފައިނަލްގައި ޝާކް ސިޓީއާއި ވާދަ ކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދި ދެވަނަ ޓީމްގެ ގޮތުގައި އެފްސީ ކަރާ އެވެ.

ފައިނަލް މެޗް އޮންނާނީ މިއަދު ހަވީރު ގޮއިދޫ ފުޓްބޯޅަ ދަނޑުގައެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 ގައެވެ.

ފޮޓޯ :އިބްރާހީމް ނިޔާޒް

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ.އާއި ވާދައިގެ ތައްޓާއި ގޯލްޑް މެޑެލް ، ރަނަރއަޕް ޓީމަށް 5000ރު. އާއި ރިހި މެޑެލް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ފާހަގަ ކުރެވޭ ޚާއްސަވަނަ ތަކަށް ވެސް ވަނީ ޓްރޮފީއާއި ހަނދާނީ ލިއުން ދޭ ގޮތަށް ހަމަޖައްސާފައެވެ.

ފޮޓޯ ؛ އިބްރާހީމް ނިޔާޒް

މިގޮތުން ހޮވާ ޚާއްސަ ވަނަތަކުގެ ތެރޭގައި މުބާރާުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު ފަސް ކުޅުންތެރިންގެ އިތުރުން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއާއި ފެއަރޕްލޭ ޓީމް ހިމެނެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކި ޝިޕްކެއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރުންނަކީ ޕިރަމިޑް، ދިރާގު އަދި އެޓޯލްކިއުޓެވެ. މީޑިއާ ޕާޓްނަރަކީ އޭދަފުށި ވޮއިސް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top