އޭދަފުށީގައި ފުޓްބޯޅަ ޑިވެލޮޕިންގ އޮފީހެއް ގާއިމްކުރަނީ

192765_3_64c63aaea90f73c06d008bee813b8b453ac17efd_medium.jpg

އެފްއެއެމްގެ ރައީސް ބައްސާމް އަދިއެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތި ) ފޮޓޯ މިހާރު

އެފްއޭއެމް އިން ކުރިއަށް ގެންދާ އަތޮޅު ފުޓްބޯޅައިގެ ޕްރޮޖެކްޓް ދަށުން ރާއްޖޭގެ 8 ޒޯނެއްގައި ފުޓްބޯޅަ ޑިވެލޮޕިންގެ އޮފީހެެއް ގާއިމް ކުރުމަށް ނިންމައި އޭގެ ތެރޭގައި އޭދަފުށި ހިމެނިއްޖެއެވެ.

އޭދަފުށީގެ އިތުރުން ޒޯން އޮފީސްތައް ގާއިމުކުރަން ނިންމާފައިވާ ރަށްރަށަކީ ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި ފުވައްމުލަކުގައި ކަމަށް އެފްއޭއެމް އިން ބުނެއެވެ.

އެފްއޭއެމް އިން ބުނީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމްކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންދާނޭ ކަމުގައެވެ.

މިއީ ފީފާ ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި އެ ސަރަހައްދުތަކުގައި ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅައިގެ ތަމްރީންތަކާއި މުބާރާތްތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވި އެވެ

“ކޮންމެ ޒޯނަކަށް އަޅުގަނޑުމެން ހަ ކޯޗުން ހަމަޖައްސައިދޭނަން. އޮފީސް ކުރިއަށްދާނީ ޒޯން ޑިވެލޮޕްމަންޓް އޮފިސަރެއްގެ ބެލުމުގެ ދަށުން. ހުރިހާ ހިސާބެއްގައިވެސް އެއް ކަރިކިއުލަމަކަށް ކުރިއަށް ގެންދާނީ. ” ސާންތީ ވިދާޅުވިއެވެ.

ސާންތީ ވިދާޅުވީ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުގެ 98 ޕަސެންޓް ނިސްބަތްވަނީ އަތޮޅު ތެރެއަށް ކަމަށާއި އެއިން އެނގިގެންދަނީ އަތޮޅުތަކުގައި ފުޓްބޯޅައިގެ ހުނަރު އޮތް މިންވަރެވެ.

ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރި ރާއްޖޭގެ ގައުމީ ޓީމުގައި އޭދަފުށީގެ ދެ ކުޅުންތެރިން ހިމެނުނެވެ.  އެއީ ނިއުރޭޑިއަންޓަށް ކުޅެމުން އަންނަ އޭދަފުއްޓަށް އުފަން އަލީ ފާސިރު (ސެންޓޭ )އާއި ހަމްޒާ (ހަމްޕް) އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top