ކޮވިޑް ޖެހުނު މީހުންނަށް ދަތުރު ކުރެވޭ މުއްދަތަކީ 45 ދުވަސް

IMG_20210218_164116471.jpg

އޭދަފުށި ބަނދަރުމަތި

ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ދަތުރު ކުރަން ލިބޭނީ 45 ދުވަސް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މީގެ ކުރިން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ކޮވިޑަށް ފައްސިވެ، ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ މުއްދަތަކަށް އެއްވެސް ކަރަންޓީނަކާއި ނުލައި ދަތުރު ކުރެވޭނެކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ބައެއް މީޑިއާތަކަށް މައުލުމާތު ދެއްވަމުން އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ، 60 ދުވަސް ގުނަން ފަށާފައިވަނީ އެމީހާ ކޮވިޑަށް ފައްސިވާ ދުވަހުން ފެށިގެން ކަމަށާއި އެހެން ކަމުން 15 ދުވަހަކީ އައިސޮލޭޝަންގައި ތިބެން ޖެހޭ ދުވަސް ކަމަށެވެ.

ކަރަންޓީނުގެ 15 ދުވަސް ނުލައި ފައްސިވެ، ރަނގަޅުވެފައިވާ މީހުންނަށް ދަތުރު ކުރަން ލިބޭނީ 45 ދުވަސް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެ މުއްދަތުގައި ދަތުރު ކުރާނަމަ، ކަރަންޓީނުވާން ނުޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކޮވިޑުން ރަނގަޅުވެފައިވާ މީހުން ރަށަށް ދަތުރު ކުރަން ބޭނުން ނަމަ، “ހާލު ބެލުން ޕޯޓަލް” އަށް މައުލޫމާތުތައް އަޕްލޯޑު ކުރަން ޖެހެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ޖެހޭ އަދަދު ވަރަށް ބޮޑަށް މަދުވުމާއެކު މިއަދުން ފެށިގެން ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ފުރަބަންދު އުވާލައި ކާފިއު ވަގުތު ކުރުކޮށް ކާފިއު ނޫން ވަގުތުގައި ހުއްދަ އަކާއި ނުލައި ބޭރުގައި އުޅެވޭނެ ގޮތާއި ރެސްޓޯރެންޓްތަކާއި މިސްކިތްތައް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top