މޫސުން ގޯސްވެ އުތުރަށް ޔެލޯއެލާޓް ނެރެފި

IMG_20220514_120640345.jpg

މޫސުން ގޯސް ދުވަހެއް

މޫސުން ގޯސްވެ ރާއްޖޭގެ އުތުުރުގެ އަތޮޅުތަކަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް ) އިން ޔެލޯ އެލާޓް ނެރެފި އެވެ.

މިއެލާޓް ނެރެފައިވަނި ށ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ހަމައަަށް މިއަދުގެ 10:30 އިން ފެށިގެން 14:00 ގެ ނިޔަލަށެވެ.

މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ބުނެފައި ވަނީ މި ސަރަހައްދުގެ ރަށޤރަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަަމަށެވެ. އަދި، ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލުގެ ބާރު މިނުގައި ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

އަދި ވާރޭ ވެހޭއިރު ގަޑިއަކު 35 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓު އޮފީހުން ލަފާކޮށްފައި ވެއެވެ.

މީގެ އިތުރަށް އެ އޮފީހުން ބުނީ އުތުރުގެ ސަރަހައްދުތަކަށް ކަނޑު ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި، ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގެ އުސްމިނަކަށް ހުންނާނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެން ވާ ކަަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top