މާދަމާ ވެސް ސަރުކާރު ބަންދު

HKEAXYW4PZ34.jpg

ރައީސް އޮފީސް

އޮކްޓޫބަރު 2 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ކުރަންޖެހުނު މަސައްކަތްތައް އަދި ނުނިމޭތީ އިލެކްޝަންސް ކޮމިޝަނުގެ އެދުމުގެ މަތީން 2 އޮކްޓޫބަރަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި ކަމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށްފަހު މިއަދަކީވެސް ސަރުކާރު ބަންދު ދުވަހެކެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 108،700 ވޯޓު ނުވަތަ %46އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒުއަށް ލިބިވަޑައިގެންފައިވަނީ 126،400 ވޯޓު ނުވަތަ %53އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top