ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެއްވަނަ ދަރިވަރުންނަށް އައިފާ އާއި ޒައިނޫން

RYN_5984.jpg

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް ހޮވުނު ޒައިނޫން އަދި އައިފާ.– ފޮޓޯ: ބ. އަތޮޅުު ތައުލީމީ މަރުކަޒު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި އައިފާ އިބްރާހީމް ރަޝީދު އާއި އަޙްމަދު ޒައިނޫން ޢަބްދުލްޙަލީމް ހޮވައިފި އެވެ.

އެ ދެ ދަރިވަރުންނަށް ޝީލްޑާއި، ފައިސާގެ އިނާމު އަދި ސޭސް ހަވާލުކޮށްދެއްވީ ހުކުރު ދުވަހުގެރޭ އެ ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، އަލްއުސްތާޛު މުޙައްމަދު މުޖުތާޒެވެ.

ސްކޫލުން މިދިޔަ އަހަރުގެ އެންމެ މޮޅު ސާނަވީ ދަރިވަރަކަށް ހޮވިފައިވަނީ އަޙްމަދު ޒައިނޫން އެވެ. އޭނާ ވަނީ ހަތަރު މާއްދާއިން އޭ ސްޓާ، ހަތަރު މާއްދާއިން އޭ ހޯދައި، ގައުމީ ގަދަ ދިހަކުން ފަސް ވަނަ ހޯދައިފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އެންމެ މޮޅު ސާނަވީ ދަރިވަރަށް ހޮވުނު ޒައިނޫން .– ފޮޓޯ: ބ. އަތޮޅުު ތައުލީމީ މަރުކަޒު

މަތީ ސާނަވީން އެއްވަނަ ހޯދި އައިފާ އިބްރާހީމް ރަޝީދު ވަނީ ގައުމީ ގަދަ ދިހަކުން ހަތް ވަނަ ހޯދައިފަ އެވެ. އޭނާއަށް ހަތަރު މާއްދާއިން އޭ ސްޓާ، އަދި ބީއެއް ލިބިފައި ވެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އެންމެ މޮޅު ސާނަވީ ދަރިވަރަށް ހޮވުނު އައިފާ .– ފޮޓޯ: ބ. އަތޮޅުު ތައުލީމީ މަރުކަޒު

މި ހަފުލާގައި ވާހަކަދައްކަވަމުން ސްކޫލުގެ ޕްރިންސިޕަލް ޢަޙުމަދު ރަފީޢު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސަށް ކިތަންމެ ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް، އުނގެނުމަށް އޮންނަ ޢަޒުމާއި ފުންކޮށް ވިސްނުމުގެ ޝައުޤުވެރިކަން ބަދަލުނުވާނެ ކަމަށެވެ. އަދި ސްކޫލެއްގެ ހަޤީޤީ މަޤުޞަދަކީ ހަމައެކަނި އިމްތިޙާނުތަކަށް ތައްޔާރުކުރުން ނޫން ކަމަށާއި މުޅި ދިރިއުޅުމަށް ދަރިވަރުން ތައްޔާރުކޮށްދިނުން ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

މިދިޔަ އަހަރު ސްކޫލުގެ ހަތަރު ދަރިވަރަކު އޯލެވެލްގެ ގަދަ ދިހެއްގައި ހިމެނިފައިވާއިރު އޭލެވެލްގެ ގަދަ ދިހެއްގައި އެގާރަ ދަރިވަރުން ހިމެނުނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top