ރައީސް ޔާމީން ގެއަށް، ސަޕޯޓަރުން އުފަލުން ރޮވިފައި

vn.jpg

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގޭބަންދަށް ބަދަލުކޮށްފި އެެވެ.

ކަރެކްޝަންސް އިން އެ މަނިކުފާނު ގޭބަންދަށް ބަދަލުކޮށްފައި ވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ލިބިވަޑައިގަތުމާ ގުޅިގެން ޔާމީން ގެއަށް ބަދަލުކޮށް ދެއްވަން ސަަރުކާރަށް ރޭ ގޮވާލައްވާފައި ވަނިކޮށެވެ.

ރައީސް ޔާމީން ދޫނިދޫން މާލެއަށް ވަޑައިގަތީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުންނެވެ.

ކަރެކްޝަނުން ބުނީ ރައީސް ޔާމިން ގެކޮޅަށް ބަދަލު ކުރަނީ ވަގުތީ ގޮތުން ކަމަށެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިބަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް އެއްވެފައެވެ.

ކާރުން ފޭބުމަށްފަހު ރައީސް ޔާމީން ވަނީ ސަޕޯޓަރުންނަށް ހަނާ އަޅައި ސަލާންކޮށްފައެވެ. އެއަށްފަހު ގޭގެ ދޮރުކައިރިން އަނބިކަނބަލުން ފާތުން ފެނުމުން އުފަލުން ބައްދާލި މަންޒަރު ފެނިގެން ދިޔައެވެ. އެވަގުތު މެޑަމް ފާތުންގެ ލޮލުން ފާއްދާލި އުފާވެރިކަމުގެ ކަރުނައާއެކު ސަޕޯޓާރުންގެ ހަޅޭކުގެ އަޑު ގަދަވެ، އެކަކު އަނެކަކު ގައިގާ ބައްދައި ރޯ މަންޒަރު ފެނިގެން ދިޔައެވެ.

”ވަރަށް ވަރަށް އުފަލުން މިހިރީ” އެ ސަރަަހައްދަށް އެއްވެފައިތިބި ސަޕޯޓަރުން ބުނަމުން ދިޔައެވެ.

ރައީސް ޔާމިން ގެކޮޅަށް ބަދަލުކޮށް އަދި އެމަނިކުފާނު މިނިވަން ކުރުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހު ކުރައްވާނެ އެއް މަސައްކަތަކީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top