ކާމިޔާބު ފާހަގަ ކުރުމަށް އޭދަފުށީ ރައްޔިތުން މަގުތަކަށް

ހކހކ.jpg

އިއްޔެ ބޭއްވ ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ބޮޑު ތަފާތަކުން ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އުފާާ ފާޅުކުރުމުގެ ގޮތުން އޭދަފުށީގެ ބޮޑެތި މަގުތަކުގައި މިއަދު ހަވީރު ސައިކަލް ބުރެެއް ބާއްވައިފި އެވެ.

މި ސައިކަލް ބުރުގައި އެ ދެ ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދޭ އެތައް ބައެއްގެ އިއިތުރުން ވެސް ގިނަ އަދަދެއްގެ ދެޖިންސުގެ ޒުވާނުން ބައިވެރިވެފައިވާ ކަމަށް ޕީޕީއެމް/ އޭދަފުށި ސްޓިއަރިން ކޮމިޓީގެ ނައިބު އަލީ ޝަފީގު ވިދާޅުވި އެެވެ.

އޭދަފުށީގެ ބޮޑެތި މަގުތަކުގައި ދުއްވަމުން ސައިކަލް ބުރުގެ އެންމެހައި ބައިވެރިން ވަނީ ރައީސް މުއިއްޒަށް މަރުހަބާއާއި ތަހުނިޔާ ކިޔައި އުފާވެރިކަމުގެ ޝުއޫރުތައް ފާޅު ކޮށްފައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އޭދަފުށީން ޑރ.މުއިއްޒު ވަނީ ވޯޓުލީ މީހުންގެ 66.32 އިންސައްތަ ވޯޓު ނުވަތަ 1040 ވޯޓު ހޯއްދަވާފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 33.68 އިންސައްތަ ވޯޓެވެ.

ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވަ އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒަށް 129،159 ވޯޓް ލިބިވަޑައިގަތެވެ. އެއީ ވޯޓްލީ މީހުންގެ 54 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ ވޯޓްލި މީހުންގެ 46.1 ޕަސެންޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top