އަތޮޅުފެރީގެ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރަނީ

DSCN3319.jpg

އޭދަފުއްޓާ މާލެއާދެމެދު ދަތުރުކުރާ ހައިސްޕީޑް ލޯންޗް ފެރީއަށް ބަޔަކު މަޑު ކޮށްލައިގެން -އީވީ ފައިލް ފޮޓޯ

ރާއްޖޭގެ އަތޮޅުތަކުގައި އަތޮޅު ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފެރީތަކުގެ ޚިދުމަތްތައް ރަނގަޅު ކޮށް ހަރުދަނާ ކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ، ފެރީގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުންދާ އުސޫލުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެހެންވެ އެ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރަން ޖެހިފައިވާކަމަށެވެ.އާދިލް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ އަތޮޅުގެ ވެރިކަން ކުރާ ރަށަށް ސީދާ ދަތުރުކުރާ ފެރީއެއް ނެތުން ކަމަށެވެ. މިކަން ހައްލުކުރަން ބަލާއިރު، ގޮންޖެހުންތަކެއް އެބަހުރިކަމަށާއި، މިގޮތުން ބައެއް ހާލަތްތަކުގައި އަތޮޅުގެ ވެރިކަން ކުރާ ރަށަށް ދާ މީހުން މަދުވުމަކީ މިކަން ހައްލު ނުވެވި އޮތް އެއް ސަބަބުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.އަތޮޅު ފެރީ ނިޒާމާއި އެކު މާލެއިން އަތޮޅުގެ ރަށްތަކަށް ފުރާ ފެރީތައް ލަފާ ފުރުމަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އަތޮޅުތަކުގައި ފެރީގެ ޚިދުމަތް ދެމުން ގެންދަނީ އެމްޓީސީސީންއެވެ. އެމްޓީސީސީއާއިއެކު އެމްޕީއެލްއާއި ވަރމިލިޔަން އިންޓަނޭޝަނަލް އިންވެސް އަތޮޅުގެ ރަށްތަކަށް ފެރީގެ ޚިދުމަތް ދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top