ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ތުޅާދޫ ކައުންސިލުން ރައީސް އަރިހަށް

big_QOhvDKajH6941FB38At4P0SRC-1.png

ތުޅާދޫ ކައުންސިލްގެ ރައީސް ،ރައީސް ސޯލިހުއާއި އެކު - ފޮޓޯ :ޕީއެސްއެމް

ބ.ތުޅާދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމާބެހޭ ގޮތުން މަޝްވަރާކުރުމަށް ރަށު ކައުންސިލުން މިއަދު ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، ތުޅާދޫ ކައުންސިލް މެންބަރުންވަނީ ރަށުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުންނާއި ތުޅާދޫ ރައްޔިތުން ރަށުން ބޭރަށް ހިޖުރަކުރަމުންދާކަން ފާހަގަ ކުރައްވައި، އެކަން ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ. އެގޮތުން ރަށުގައި މުހިންމު އުމްރާނީ ވަސީލަތްތަކެއް ގާއިމު ކުރެވިއްޖެނަމަ އެއީ ހައްލު ލިބިގެންދާނެ ކަމެއްކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ތުޅާދޫގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި އެކި ދާއިރާތަކުން ޒުވާނުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމާ ބެހޭގޮތުންވެސް ޚިޔާލު ބަދަލު ކުރެއްވިއެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގައި ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެރަށެއްގެ ރައްޔިތުން އެންމެ އެދޭ ގޮތަށް ކަންތައް ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު