ޒުވާނުންނަށް ޚާއްސަކޮށް ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ފަށަނީ

Hidroponik-Paralon.jpg

ޒުވާނުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމުގެ ގޮތުން ޒަމާނީ ދަނޑުވެރިކަން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނިންމަވައިފިއެވެ.

މިކަމާގުޅިގެން އެގްރިކަލްޗަރ މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ މި އަހަރު ތެރޭގައި ހިންގަން ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި، ފެނުގައި ގަސް ހެއްދުން ނުވަތަ ހައިޑްރޯފޯނިކްސް ނިޒާމު ގާއިމްކުރާނެ ގޮތްތައް ދަސްކޮށްދޭން ހަމަޖެހިފައިވާ ކަމަށާ ކުޑަ ބިންކޮޅެއްގައި އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރަން ޒުވާނުން ތަމްރީން ކޮށްދޭންހަމަޖެހިފައިވާ ކަމުގައެވެ.

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައަޅަން ޖެހެނީ އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށެވެ.

މިނިސްޓްރީން ބުނާ ގޮތުގައި ހައިޑްރޯފޯނިކްސް ނިޒާމް ގާއިމްކޮށްދޭން ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާ 10 ފަރާތެއްގެ ބިމުގައެވެ.

ޕްރޮގްރާމްގައި ބައިވެރިކުރާނެ ރަށްތަށް ކަނޑައެޅުމުގައި ހައްދާ ބާވަތްތައް ގަންނަން ތައްޔާރަށް ތިބި ގެސްޓްހައުސްތައް ހުރި ރަށްތަކާއި މިހާރު ތަރުކާރީގެ ބާވަތްތައް އެތެރެކުރާ ރަށްތަކަށް އިސްކަން ދެވޭނެ ކަމަށް މިނިސްޓަރީން ބުނެއެވެ. އަދި ރަށުގެ އާބާދީއަށާއި، ވިއްކާ ތަކެތީގެ ހަމަ އަގު ލިބޭނެ ރަށްތަކަށާއި ގޯތި ތެރޭގައި މި މަސައްކަތަށް ޖާގަ ލިބޭނެ ރަށްތަކަށް އިސްކަން ދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ހައިޑްރޯފޯނިކްސް ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާ ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުގެ އާއްމު އިއުލާން ބައިން ލިބެން ހުންނާނެއެވެ. މިކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު މަހުގެ 7 ވަނަ ދުވަހުގެ 14:00އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top