ތައުލީމީ ދާއިރާއިން ރިޓަޔާ ވުމުގެ އުސޫލަށް ގެނައި ބަދަލާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސަށް ޕެޓިޝަން!

photo_2022-10-30_15-43-09-pwyzjpxl7xxgbdtip43gkbq44z2legnbpjqp38mlck.jpg

ތައުލީމީ ދާއިރާއިން ރިޓަޔާވާ މީހުންގެ އުސޫލަށް ގެނައި ބަދަލާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފެޓިޝަނެއް ހުށަހަޅައިފި އެވެ.

ޖުމުލަ 560 މީހުންގެ ސޮޔާއެކު ހުށަހެޅި މި ޕެޓިޝަނުގައި އާންމުގޮތެއްގައި ސޮއިކޮށްފައިވަނީ މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ޓީޗަރުން ކަމަށްވިޔަސް ރާއްޖެތެރޭގައި މަސައްކަތްކުރާ ޓީޗަރުން ވެސް މި ޕެޓިޝަނުގައި ސޮއިކުރިއެވެ.

ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި އޮނިގަނޑުގައި 55 އަހަރުން މަތީގެ އުމުރުގެ މީހުން ހިމަނައި، މަހު އިނާޔަތް ލިބޭގޮތަށް ރިޓަޔާ ވުމަށް 6 މަސްދުވަހުގެ ފުރުސަތު ދީފައިވިޔަސް ރިޓަޔާ ކުރަންޖެހެނީ މިހާރު ލިބެމުންދާ މުސާރައިގެ ބަދަލުގައި ކުރިން ހުރި މަގާމުގައި ލިބުނު މުސާރައެވެ.

އެހެންކަމުން ރައީސް ގެ ވައުދާއި އެއްގޮތަށް ތައުލީމީ ދާއިރާގެ މުއައްޒަފުންގެ މުސާރަ ބޮޑުވި ނަމަވެސް ޕެންޝަން ފައިސާއާއި އެހެނިހެން ބައެއްކަންކަން އެވައުދާއި އެއްގޮތަށް ހިނގަމުން ނުދާކަން އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އޮނިގަނޑު ތަންފީޒު ކުރެވުނު އިރުވެސް ބައެއް މުވައްޒަފުންނަކީ 40 އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތުގައި ވަޒީފާ އަދާކޮށްފައި ތިބި ބައެއް ކަމަށާއި ނަމަވެސް އިނާޔަތް ދޭންވުމުން އެ މުވައްޒަފުންގެ ޚިދުމަތް 30 އަހަރަށް ބަދަލުވާ ގޮތަށް މި އޮނިގަޑުގައި އޮންނަ އޮތުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top