ކަމަދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ.

kamadhoo-council.jpg

ކަމަދޫ ކައުންސިލް

ބ. ކަމަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެއެެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ން ބުނީ ކަމަދޫއިން ފައްސި ވެފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ފައްސިވިކަން އެނގުނީ ހޯމް ކަރަންޓީނަށްފަހު އިއްޔެ ހެދި ޓެސްޓުންނެވެ.

އެޗްޕީއޭ އިން އިއްޔެ އާންމުކުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގައި މިވަގުތު އެކްޓިވް ކޮވިޑް ކޭސް 13 ރަށަކުން ފެނިފައިވެ އެވެ. އެއީ ސ. ފޭދޫގެ އިތުރުން ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ބ، ކުޑަރިކިލު، ބ.ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ.ހިންނަވަރު، ކ. މާފުށި، ވ.ފުލިދޫ އަދި ފުވައްމުލަކު ސިޓީއެވެ.

ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު ފަހަކަށް އައިސް އިތުރުވެފައިވާ އިރު، ރަށްރަށަށް ދާން ހުއްދަ ދޭ އުސޫލު ވަނީ ހަރުކަށި ކޮށްފަ އެވެ.

އެއީ މެޑިކަލް އިމަޖެންސީއެއްގައި ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސް ތިބި މީހުންނާއި މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހިފައިވާ މީހުންނާއި ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދާން ބޭނުންވާ ފަރާތްތަކާއި ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާއަށް ރަށަށް ބަދަލުވާންޖެހޭ ފަރާތްތަކާއި ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހޭ މީހުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top