ކައްޓަލަ : ފައިދާއިން ފުރިފައި

15-Reasons-Why-Sweet-Potatoes-Are-Perfect-For-Diabetics.jpg

ކައްޓަލަ ހިމެނެނީ އަލުވި އާއިލާގައެވެ. ކައްޓަލަ އާއިލާގައި ހުންނަނީ ހުދު، ކްރީމް،އޮރެންޖް ،މީގެ އިތުރުން ވައިލެޓް ކުލައިގެ ކައްޓަލައަކީ އެންޓި އޮކްސިޑެންޓުން މުއްސަނދިވެފައިވާ ކާނާއެކެވެ.

ކައްޓަލަ އާއިލާގައި ހިމެނޭ ކޮންމެ ވައްތަރަކީވެސް ސިއްހީ ގޮތުން ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. މީގެ ފައިދާތައް ކިޔާލަމާ ހިނގާށެވެ.

ކައްޓަލަ އަކީ އޭގައިވާ މާއްދާއެއްގެ ސަބަބުން ވިޓަމިން އޭ އުފައްދައިދޭ އެއްޗަކަށް ވާތީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުން ދިފާއުވުމަށާއި އެބަލީގެ މީހުންނަށް ވަރަށް ރަނގަޅު ފަރުވާ ހޯދިދާނެ ފަލަމަޑިގެ ބާވަތެކެވެ.

ކައްޓަލަ ކެއުމަކީ ޚާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކެއުމަސް ވަރަށް ރަނގަޅު އެއްޗެކެވެ. އެއީ ދުންފަތުން ޖެހޭ ބަލިތައް ކުޑަކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.

ކައްޓަލަ އަކީ ގުދުރަތީ ހަކުރުގެބައި އެކުލެވިގެންވާ އެއްޗަކަށްވާތީ ހަކުރުބަލީގެ މީހުން ކައްޓަލަ ކެއުމަކީ ހަށިގަނޑުގައިހުންނަ ހަކުރުގެ ލެވެލް ދަށްކޮށްދޭ އެއްޗެއްވެސް މެއެވެ.

ކައްޓަލަ އިގާ ފައިބަރު އެކުލެވިފައިވެއެވެ. އެހެންކަމުން ހަޖަމު ކުރުމުގެ ނިޒާމަށާއި ބަނޑުގެ މައްސަލަތަކަށްވެސް މިއީ ރަނގަޅު ފަރުވާއެކެވެ.

ކައްޓަލަ އިގާ ވިޓަމިން ޑީ އެކުލެވިފައިވާތީ އެއީ ދަތްކާއި ހިތުގެބަލިތަކުގެ އިތުރުން ކަށި ވަރުގަދަކުރުމަށްވެސް އެހީވެދޭ އެއްޗެކެވެ. އަދި ހަކަތަ އުފައްދައިދިނުމާއި ގިނައިރު ހަކަތަ ހިފަހައްޓައިދިނުމުގައިވެސް އެހީވެދިނުމާއެކު ތައިރޮއިޑް ގްލޭންޑް އާދައިގެ ވަރެއްގައި ބެހެއްޓުމަށް ވެސް  އެހީވެދެއެވެ.

ކައްޓަލަ އިގާ ވިޓަމިން ބީ ހުރެއެވެ. އެހެންކަމުން ހިތުގެ ހިނގުމާއި ހަށިގަނޑުގައި ހުންނަ ލޮނުގެ ބައި ދަށް ކޮށްދިނުމާއެކު ލޭގެ ޕްރެޝަރް ބެލެންސް ކޮށްދިނުމަށް އެހީތެރިވެދެއެވެ. ހަމަމިއާއެކު ހާޓްއެޓޭކާއި ސްޓްރޯކް ޖެހުން ދުރުކޮށްދެއެވެ.
ކައްޓަލަ ، ފެނުކައްކާފައި ހުންނަ ފެންކޮޅަކީވެސް އުކާލެވޭވަރަށްވުރެ ފައިދާ ބޮޑު އެއްޗެކެވެ. މިފެން ބުއިމުން ހަމުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމާ ހަމުގެ ބަލި ހުންނަމީހުންނާއި ހަންކުރަކިވެ ހިކިކޮށް ހުންނަ އަދި އުމުރަށް ވުރެ އަވަހަށް ހަމުގައި ރޫޖެހުމުންވެސް ސަލާމަތްކޮށްދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top