ކޮވިޑާ ގުޅިގެން އަތޮޅުތެރޭގެ ހާލަތު ބެލުމަށް ކޮންމެ އަތޮޅަކަށް ރައީސްގެ ޚާއްސަ މަންދޫބެއް ކަނޑައެޅުމުން އެކަމާ ފާޑުކިޔުން އަމާޒުވާން ފަށައިފި އެވެ.
އެގޮތުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެއީ “ހަގީގަތުގައި ބާރުތައް މަރުކަޒީ ކުރުން” ކަމަށެވެ. އަދި އެއި މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު ސަރުކާރުގެ ބާރުތައް ދޫކޮށްލައްވާނެ ކަމަށް ސޯލިހު ވެވަޑައިގެންފައިވާ ވައުދާ ހިލާފުވެވަޑައިގަތުން ކަމަށެވެ. އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުން ކަނޑައަޅާފައި އެ ތިބީ ރައްޔިތުންގެ މަންދޫބުން އެތިބި ކަމަށާ ކޮންމެ ރަށެއްގައި ރަށު ކައުންސިލްގެ ރައީސަކު ވެސް އެބަހުންނަކަމަށެވެ.
”އެހެންވީމަ އެމީހުންގެ މައްޗަށް އިތުރަށް މީހުން އައްޔަން ކުރުމަކީ ހަގީގަތުގައި ބާރުތައް މަރުކަޒުކުރުން،” އަބްދުއްރަހީމް ވިދާޅުވި އެވެ.
އެހެންނަމަވެސް ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ހަމަޖައްސަވަން ނިންމެވީ ހަމައެކަނި ކޯޑިނޭޓް ކުރާނެ ބަޔަކު ކަމަށާއި ކައުންސިލްތަކުގެ ބާރާ އެ މީހުން ނުކުޅޭނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ރަށްރަށުގެ ކަންކަން ހިންގުން ކުރިއަށްގެންދާނީ އެ ރަށްރަށެއްގެ ކައުންސިލަރުން ކަމަށެވެ. ކޯޑިނޭޓަރުންގެ މަސައްކަތަކަށް ވާނީ ސަރުކާރުން ރަށްރަށަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭކަން ޔަގީންކޮށްދިނުން ކަމަށެވެ.
“މިހާރު ކުއްލިއަކަށް، އަވަސް އަވަހަށް ކަންކަން ބޭނުންވާ ރަށްތައް އަދި އެ ރަށްރަށުގައި ނުވެ ހުންނަ ކަންކަން ވެސް ބަލަހައްޓަންޖެހޭނެތީ ހައިލެވެލް ސަރުކާރުގެ ކޯޑިނޭޓާއެއް އެ ހުންނަނީ ޔަގީންކޮށްދޭން އެ މީހުންނާ ދެކެވޭ ވާހަކަތައް ނުވަތަ ކޮށްދޭންޖެހޭ ކަންކަން ގަޑިން ގަޑިއަށް ހިނގާތޯ،” އޭނާ ވިދާޅުވި އެވެ.
އެކަމަކު އަބްދުއްރަހީމް ވިދާޅުވީ ސަރުކާރާއެކު ކޯޑިނޭޓް ކުރުން ވެސް ސިޔާސީ މަގާމުތައް ފުރުއްވާ ބޭފުޅުންނަށްވުރެ އެންމެ ރަނގަޅުވާނީ ކައުންސިލަރުން ކަމަށެވެ.
ރައީސްގެ ނިންމެވުމަށް ބައެއް އެހެން މީހުންވެސް ފާޑު ކިޔަމުން ކައުންސިލަރުންނަށް ކޯޑިނޭޝަންގެ މަސައްކަތް ހަވާލު ނުކުރާ ސަބަބާމެދު ސުވާލު އުފައްދައެވެ.
Councillors ah bodu musaara kanda alhaafa hovee keeh kuran? Emeehunnah thikan nuvanyaa musaara dhenee keeh kuran?
Hovifa thibi Councillors RN ah tha’aeed kuraneetha? https://t.co/pFWHZWeLCd
— Aisthu 🎈 (@aisthu) May 29, 2021
އެހެން މީހަކު ބުނަނީ ރައީސް އެ އައްޔަނު ކުރައްވަނީ އަތޮޅުވެރިންތޯ އައްސަވާފައެވެ.
atholhu verin tha https://t.co/g95S5Zx2o3
— xiena saeed 🎈 (@dorinbakedbeans) May 29, 2021