ބ.ގޮއިދޫ ކުޅި ހިމެނޭ ސަރަހައްދު ސާފުކޮށްފި

71840865_1855964884549477_4854175503977807872_n.jpg

ބ. ގޮއިދޫ ކުޅި ސާފުކުރުން – ފޮޓޯ: ގޮއިދޫ ސްޕޯރޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ

ގޮއިދޫ ސްޕޯރޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީން އިސްނަގައިގެން އެރަށުގެ ކުޅި އޮންނަ ސަރަހައްދު ސާފުކޮށްފިއެވެ.

އެސޮސައިޓީގެ ރައީސް ހަސަން ނިޒާމް ވިދާޅުވީ މި މަސައްކަތް ކުރުމުގެ މަގުސަދަކީ ރަށުތެރެ ސާފުކޮށް ބޭއްވުމާއި އެކު ކުޅީގެ ވަށައިގެން ހިނގޭނެ ގޮތަށް މަގެއް ހެދުން ކަމަށެވެ.

މިމަސައްކަތް ހަފްތާއެއްހާ ދުވަހުގެ މަސައްކަތުން ސާފުކޮށް ނިންމާލާފައިވާ އިރު ކުޅިއަށް ދާން އޮތް މަގުތައް ކުރިއަށް އޮތްތަނުގައިވެސް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މި ސަރަޙައްދަކީ ބ.އަތޮޅު ބަޔޮސްފިއަރ ރިޒާރވްގައި ހިމެނޭ ސަރަޙައްދެއް.. ވަރަށް ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ތަނެއް މީ. އެހެންވީމާ މަދުވެގެން އަހަރަކު ދެފަހަރު ސާފުކުރާ ގޮތަށް އަޅުގަނޑުމެން ވަނީ ނިންމާފައި“ ހަސަން ނިޒާމް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top