ލޯކަލް ކައުންސިލް އިންތިޚާބު 2026: ރެކޯޑު ސާފުކުރަން ހުށަހަޅަންވާނީ، އިންތިޚާބަށް ހުޅުވާލުމުން

ZoHBLYYxEVZ2GbJFdP4QNqeCLvR6PWATzLzTE9uf.jpg

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން-

އަންނަ އަހަރު އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުން، ދަރަންޏާއި ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅަންވާނީ، އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމުން ކަމަށް އީސީން ބުނެފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ގިނަ ކެންޑިޑޭޓުން ތަކެއް ކުރިމަތިލާނެތީ، ކުށާއި ދަރަނީގެ ރެކޯޑު ދުރާލާ ސާފުކުރުމުގެ ފުރުސަތު އީސީން ވަނީ ދީފައެވެ. އެގޮތުން، މިމަހުގެ އެއްވަނަ ދުވަހުގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ސާފުކޮށްފައިވާ ރެކޯޑުތައް ބަލައިގަންނާނެއެވެ.

އީސީން މިހާރު ވަނީ އިންތިޚާބީ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުމަށްވެސް ހުޅުވާލާފައެވެ.

އަންނަ އަހަރުގެ އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ސިޔާސީ ޕާޓީތަކުންވެސް މިހާރުވަނީ ޕްރައިމަރީއަށް ހުޅުވާލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top