ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ފުޓްބޯލް ލީގެއް

DSCN8440.jpg

ބ.އަތޮޅު ފުޓްބޯލް ޗެލްންޖް : ފެހެންދުއާއި ހިތާދޫ ބައްދަލު ކުރިމެޗް --- ފޮޓޯ:އީވީ

ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ހޯމް އެންޑް އަވޭ ލީގެއް ތައާރަފްކުރަން ނިންމައިފިކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މި މުބާރާތް އަންނަ އަަހަރު ބާއްވާ ކަން އިއުލާނު ކުރައްވާފައިވަނީ މިނިސްޓަރު މަހުލޫފާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ގުޅިގެން މިއަދު ޔޫތު މިނިސްޓްރީގައ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު މަހްލޫފް ވިދާޅުވީ، ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ބޭއްވުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި، އެގޮތުން ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅޭއިރު ދަތިތައް ހުންނާނެ ކަމަށާއި، އެގޮތުން މުބާރާތް ފެށުމުގެ ކުރިން ބައިވެރިވާ ރަށްރަށާ ބައްދަލުކޮށް ރަށްރަށުން ބޭނުންވާ ކަންކަން އޮޅުންފިލުވާނެ ކަމަށެވެ.

މުބާރާތް ކުރިއަށް ދާނެ ގޮތާބެހޭ މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގައި ފުރަތަމަ ކުރިޔަށްދާނީ ކައުންސިލްތަކުގެ ބާރާއެކު ބާއްވާ ރަށު ކޮލިފައިން ބުރު ކަމަށާއި، ރަސްމީކޮށް މުބާރާތް ފަށާނީ އެ ކޮލިފައިން ބުރަށް ފަހު ކަމަށެވެ.

މި ބައްދަލު ވުމުގައި ބައްސާމް ވިދާޅުވީ، މިހާރު ރޭވިފައި އޮތް ގޮތުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނީ ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕުން ދެޓީމު ކަމަށާއި، ނަމަވެސް އެކަމަށް ބަދަލުތަކެއް ގެންނަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގަށް ނުގެނެސް ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ދޭންވެސް ވިސްނަމުން އަންނަ ކަމަށް ބައްސާމް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top