ލަންކާގެ ސާފަރުންނާ ވާދަކޮށް ހަންޓޭ ޗެމްޕިއަންކަން ހޯދައިފި

393378_3_c1ab15cf201ed674820d1a40a62fd3fdaa11fe95_large.jpeg

މީގެ ކުރިން ލަންކާގައި ބޭއްވި މުބާރާތެއްގައި ހަންޓެ ވާދަކުރަނީ --- ފައިލް ފޮޓޯ: ހަންޓެ ފޭސްބްކް ޕޭޖް

ލަންކާގެ ކައިޓް ސާފަރުންނާ ވާދަކޮށް ވިންޑްރައިޑާސްގެ ރޭސް އިވެންޓްގެ ޗެމްޕިއަންކަން، ބ.ގޮއިދޫ ހަސަން މާހިރު (ހަންޓޭ) ހޯދައިފިއެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ބ.ގޮއިދޫގައި ކުރިއަށް ގެންދާ މިމުބާރާތުގައި އިއްޔެ އޮތް އެ އިވެންޓްގައި ހަންޓޭއާ އެންމެ ގާތުން ވާދަކުރީ ލަންކާގެ ދެ ސާފަރުން ދިޔައީ ދެވަނަ އާއި ތިންވަނަ އަށެވެވެ.

މި މުބާރާތް މިދިޔަ ދެ އަހަރު ވެސް ހަންޓޭ ވަނީ ކާމިޔާބުކޮށްފަ އެވެ.

ކައިޓް ސާފިންގައި ހަންޓޭ އެންމެ ފުރަތަމަ ވިދާލާފައިވަނީ 2017 ވަނަ އަހަރު ސްރީލަންކާގެ ކޮލްޕިޓިޔާގައި ބޭއްވި ”ރެޑްބުލް ލޯކަލް ހީރޯ ޓުއާ – ކައިޓް ސާފިންގް“ ގައެވެ. އޭރު އޭނާގެ އުމުރަކީ އެެންމެ 16 އަހަރެވެ. އޭރުވެސް އޭނާ ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ މަޝްހޫރު ސާފަރުންނާއި ވާދަކޮށް އެމީހުން ހައިރާން ކޮށްލުވާފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top