ކެންދޫން ކޮވިޑަށް ފައްސިވި މީހަކަށް ފެސިލިޓީގައި ފަރުވާ ދެނީ

186510280_1960538134100152_5244587081426646455_n.jpg

ފޮޓޯ : ބ.އަތޮޅު ހޮސްޕިޓަލް

ބ.ކެންދޫން ކޮވިޑް-19 އަށް ފައްސިވި މީހަކު ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދޭން ފަށައިފިއެވެ.
އުމުރުން 82 އަހަރުގެ އެއަންހެން މީހާ އޭދަފުއްޓަށް ގެނެސް ފަރުވާދޭން ފަށާފައިވަނީ މިއަދު ހަވީރު އެވެ.
އެމީހާގެ ހާލު ރަނގަޅު ކަމަށްހޮސްޕިޓަލުން ބުނެ އެވެ.
”އެއީ ކެންދޫން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބަލިވެގެން ފަރުވާ ހޯދަން ދިޔަ މީހެއް. ރީޖަނަލް ހޮސްޕިޓަލުން ކޮވިޑަށް ޓެސްޓު ހެދުމުން ޕޮޒިޓިވްވީ. އެހެންވެ ރީޖަނަލް ހޮސްޕިޓަލުން ކޮވިޑް ފެސިލިޓީއަށް ފޮނުވީ.” ހޮސްޕިޓަލުން ބުންޏެވެ.
ކޮވިޑް ފެސިލިޓީއަށް އަލަށް އިތުރުވި މި މީހާއާއެކު މިވަގުތު ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 9 މީހަކަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top