އަމާޒަކީ ރާއްޖޭގައި ގޮދަން ފުށް އުފައްދާ ކާރުޚާނާއެއް : އަމްރު !

big_uZUlYCcpzjV6UiujPwzjphJOi.jpg

އެސްޓީއޯގެ އެމްޑީ ،ހުސެން އަމްރު--- ފޮޓޯ : ޓޫރިޒަމް މިނިސްޓްރީ

އެސްޓީއޯގެ އަމާޒަކީ ރާއްޖޭގައި ގޮދަން ފުށް އުފައްދާ ކާރުޚާނާއެއް އުފެއްދުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލް ކޮށެވެ.

އަމްރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުޑް ސެކިއުރިޓީ ބެލެހެއްޓުން ކަމަށެވެ. ޚާއްސަކޮށް ގޮދަން ފުށަކީ ގިނަ ދުވަހު ރައްކާކުރެވޭ އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކައުންޓެއް ނުކުރަން ގޮދަން ފުށަކީ ފުޑް ސެކިއުރިޓީއެއްގެ ގޮތުގައެއް. އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއަށް ގޮދަން އެތެރެކޮށްގެން އޭގެ ފުށް ހަދާ ފެކްޓަރީއެއް ރާއްޖޭގައި ގާއިމު ކުރުން. އޭރަށް ތަންކޮޅެއް ގިނަ ދުވަހު ދެމި ހުންނާނެ،” އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީ ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރި ރާއްޖޭން ބޭރަށް ގެންދިއުމަކީ ވެސް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ސެންޓްރެލް ވެއާހައުސްއެއް ހަދައި ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ގުދަންތައް ހަދައި ޚިދުމަތް ދިނުމަކީވެސް އަމާޒެއް ކަމަށެވެ. އަދި ސަރަހައްދީ ބަނދަރުތަކަށް ހާއްސަކޮށް މުދާ ގެނައުން ފުޅާ ކުރަން ވިސްނާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު މަދުކޮށް އިޔާދަކުރަނިވި ހަކަތައާ ދިމާލަށް މިސްރާބު ޖަހަން ޖެހޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top