މަޝްރޫއުތައް ހަލުވި ކުރަން ޕީއެންސީ ކެންޑިޑޭޓުން ހޮވަން ޖެހޭ

437466_26142e09-a_-2048x1365-1.jpg

ތަރައްގީގެ މަޝްރޫއުތައް ބާރަށް ގެންދަން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަން މީގެކުރިން ކުރެއްވި ޝިޔާމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ނައިފަރު ކައުންސިލަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް އެ ކެންޑިޑޭޓުންނަށް އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކޮށްދިނުމަކީ ނައިފަރުގެ ތަރައްޤީގެ މަޝްރޫއޫތައް ބާރަށް ގެންދަން ކޮންމެހެން ވެސް މުހިއްމު ކަމެއް ކަމަށެވެ.

ނައިފަރަކީ ރާއްޖޭގައި އާބާދީ އެންމެބޮޑު އެއް ރަށް ކަމުގައިވީ ނަމަވެސް ޒަމާނުއްސުރެ ނައިފަރަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތީ އަދިވެސް ރަނގަޅު ހައްލެއް ނުލިބި ކަމަށާއި ތަރައްޤީގެ ޗާޓުން ނައިފަރުގެ ޙައްޤު މަގާމު ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް ހޯއްދަވައި ދިނުމުގެ ޙަޤީގީ މަސައްކަތް އަދުގެ ސަރުކާރުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފައްޓާވާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެގޮތުން ފިޔަވަހިތަކަށް ނުބައްސަވާ އެއް ފިޔަވަހިން ރަށުގެ ހުރިހާ މަގު ހެދުމުގެ މަޝްރޫއާއި ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ރަށުގެ މިހާރުގެ ބިން ދެގުނަ ކުރުމާއި ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން 800 ހައުސިން ޔުނިޓު ޤާއިމުކޮށްދިނުމާއި ރަށުގައި މިހާރު އޮތް ބަނދަރުގެ ދަތި ހައްލުކުރަން މިހާރުގެ ބަނދަރުބޮޑުކޮަށް އަޕްގްރޭޑްކޮށް އިތުރު ބަނދަރެއް ހެދުމާއި، ހުރިހާ ވައްތަރެއްގެ ލެބާއި އިތުރު ކްލާސްރޫމްތަކާ ވަސީލަތް ހިމެނޭގޮތަށް ސްކޫލަށް އިމާރާތެއް އިތުރުކުރުމާ، ޒަމާނީ ވަސީލަތްތަކާއި އާ ޚިދުމަތްތަކާއެކު ޅ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުމާ، ދެ ޔުނިވާސިޓީއެއްގެ ކެމްޕަސް ނައިފަރުގައި ޤާއިމްކުރުމާ، އިސްލާމިކް ސެންޓަރެއް ބިނާކުރުމާއި ފީފާ ސްޓެންޑަޑްގެ ފުޓުބޯޅަ ސްޓޭޑިއަމެއް ޤާއިމުކުރުމާ، ގިނަ ކުޅިވަރުތަކެއް ހިމެނޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ އިތުރުން ތަރައްޤީގެ އެތައް މަޝްރޫއެއް ކުޅިވަރާއި އިޖުތިމާއީ ދާއިރާތަކުން ނައިފަރުގައި ހިންގުމަށް ރައީސް ނިންމަވާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރައްޔިތުން އެދޭނީ މިއިން ކޮންމެ މަޝްރޫއެއްވެސް އެކަށީގެންވާ އަވަސްމިނެއްގައި ނިންމާ އެތަންތަނުގެ ޚިދުމަތްލިބި ރަށް ބާރަށް ތަރައްޤީވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޝިޔާމް ވިދާޅުވިގޮތުގައި ނައިފަރަކީ މެދު އުތުރުގެ ތަރައްޤީގެ މައި ތަނބެއްކަމުގައިވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ހަލުވިމިނުގައި މިކަންކަން ކުރިއަށް ގެންގޮސް ނިންމުމުގައި ރަށު ކައުންސިލްގެ ދައުރު އިންތިހާއަށް ބޮޑެވެ.

މިނިސްޓަރ ވިދާޅުވީ ކައުންސިލަކީ އެއްވެސް ޙާލަތެއްގައި ސަރުކާރާ އިދިކީލިވެ، ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ އިދާރާއެއް ނޫންކަމަށެވެ. އެހެންކަމުން، ރައީސް ޑރ.މުޢިއްޒު ނައިފަރަށް ކަނޑައަޅުއްވާފައިވާ ނައިފަރު ރައްޔިތުން އިންތިހާއަށް އެދޭ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެމަނިކުފާނުގެ ސަރުކާރަށް ތާއީދުކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުން އިންތިޚާބުކުރުން އިންތިހާއަށް މުހިއްމުކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޝިޔާމް ވަނީ ނައިފަރުގެ ތަރައްޤީއަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދެވުމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާލުން ދެއްވައި، ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްދެއްވައި، ބޮޑު ތަފާތަކުން އެބޭފުޅުން އިންތިހާބުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top