ސާފުކުރުމުގެ ހަރަކާތުން 2،300 ޓަނުގެ ކުނި

FyzFXqYakAEqCy1.jpeg

“މޯލްޑިވްސް ފޯ ދި އޯޝަންސް” ގެ ނަމުގައި އިއްޔެ މުޅި ރާއްޖޭގައި ޕާލޭ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރޭގައި 2،300 ޓަނަށް ވުރެ ކުނި ނަގައިފި އެވެ.

ޚާއްސަކޮށް ރަށްރަށުގެ ހޭޅިފަށާއި އަތިރިމަތި ސާފުކުރަން އިއްޔެ ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ޖުމްލަ 2،325 ޓަނުގެ ކުނި ނަގާފައިވާއިރު އެެއީ 129 ބީޗް ސަރަހައްދާއި ކަނޑުއަޑީގެ 52 ސަރަހައްދެއް ސާފުކޮށްފައިވެ އެވެ.

މި ހަރަކާތުގައި ރާއްޖޭގެ 275 ރަށަކާއި 76 ރިސޯޓެއްގެ އިތުރުން 205 ސްކޫލަކުންނާއި ގިނަ ކުންފުނިތަކުން ވެސް ވެސް ބައިވެރިވި އެވެ. މިއީ ޕާލޭ މޯލްޑިވްސް އާއި އެޑިއުކޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން ހިންގި ހަރަކާތެކެވެ.

“މޯލްޑިވްސް ފޯ ދި އޯޝަންސް” ގައި ތިމާވެއްޓާއި ކަނޑުފަޅު ހިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް “އޯޝަން ޕްލެޖް” ގެ ނަމުގައި ސޮއިކުރުމުގެ ހަރަކާތެއް ވެސް އިއްޔެ ކުރިއަށް ގެންދިޔަ އެވެ. އޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ނައިބު ރައީސާއި ގިނަ އަދަދެއްގެ މިނިސްޓަރުން ވެސް ސޮއިކުރެއްވި އެވެ.

ޕާލޭ މޯލްޑިވްސް އިން ބުނީ ޕްލެޖްގައި 16،333 މީހަކު ސޮއިކޮށްފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top