ދިރާސީ އާއަހަރުގެ ޓެކްސްޓް ފޮތްތައް މާލޭ ސްކޫލްތަކަށް ދޫކުރަން ފަށައިފި

DSCN0286.jpg

ބ.އަތޮޅު ތައުލީމީމަރުކަޒުގެ 2021ގެ ދިރާސީ އާއަހަރު ފެށުން --އީވީ ފޮޓޯ

ދިރާސީ އާ އަހަރުގެ ޓެކްސްޓް ފޮތްތައް މާލެސިޓީގެ ސްކޫލްތަކަށް ދޫކުރަން ފަށައިފިއެވެ.

ނަމަވެސް ރާއްޖެތެރޭގެ ހުރިހާ ސްކޫލްތަކަށް އަދިފޮތްތައް ނުފޮނުވައެވެ. ބ.އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ޓެކްސްޓް ފޮތްތައް އަދި ނުލިބޭ ކަމުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މާލެސިޓީގެ ސްކޫލުތަކަށް ފޮތްތައް ދޫކުރަން ފަށާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ފޮތްތައް ދޫކުރަމުން އަންނަނީ ޗާންދަނީމަގުގައި ހުންނަ ކުރީގެ އަރަބިއްޔާ ސްކޫލު އިމާރާތުން ކަމަށްވެސް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، އެއްވެސް ފޮތެއް ލިބުމުގައި އެއްވެސް ދަތިކަމެއް މި އަހަރު ނެތް ކަމަށާއި ހުރިހާ ފޮތްތަކެއްވެސް ހަމައަށް ލިބިފައިވާ ކަމަށެވެ.

ފޮތްތައް، އެޑިއުކޭޝަނުން ދޫކުރަން ފަށާފައިވާ އިރު، ފޮތް ލިސްޓްގެ ވައުޗަރު ދޫކުރާނީ ސްކޫލުތަކުންނެވެ.

އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ގާތްގަނޑަށް ދޮޅު މަަސް ދުވަހަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top