ހޯކްސް އިން ތިން މީހަކަށް އުމްރާ ދަތުރެއް

339330625_1025552565497890_3695175878795620323_n-1536x1085-1.jpg

ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހޯކްސް ޕްރައިވެޓް ލިމިޓެޑުން ރ. ހުޅުދުއްފާރުގެ ތިން މިހުންނަށް އުމްރާ ދަތުރެއް ދޭން ނިންމައިފި އެވެ.

ހުޅުދުއްފާރު ކައުންސިލުން މިހާރު ވަނީ ހޯކްސް އިން ދޭ އުމްރާ ދަތުރުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ. އުމްރާ ދަތުތު ދޭން ނިންމާފައިވަނީ މައިގަނޑު ތިން ޝަރުތަކަށް ރިއާޔަތް ކޮށްފައެވެ. އެއީ އުމުރުން 30 އަހަރުވުމާއި ހުޅުދުއްފާރުގެ ރަށްވެއްސަކަށްވުމުގެ އިތުރުން މީގެ ކުރިން ފަރުޟު ޙައްޖެއް ނުވަތަ ޢުމްރާއެއް އަދާކޮށްފައިވާ މީހަކަށް ނުވުމެވެ.

ހޯކްސް އިން ދޭ އުމްރާ ދަތުރަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ކައުންސިލުން ބުނީ ތިން މީހުންނަށް ވުރެ އިތުރަށް ޝަރުޠު ހަމަވާ މީހުން ކުރިމަތިލައިފި ނަމަ ފުރުޞަތު ދެވޭ މީހުން ހޮވާނީ ގުރުއަތުލައިގެން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top