އޮންލައިންކޮށް ކިޔަވައިދޭން އަހުލުވެރި ކުރުވަން ޓީޗަރުން ތަމްރީނު ކުރަނީ .

large_159964148750bV1x.jpg

އޮންލައިންކޮށް ކިޔަވައިދޭން ޓީޗަރުން އަހުލުވެރިކުރަން ފެށި ތަމްރީން ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ޓީޗަރުން އަހުލުވެރިކުރަން ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

އެޑިއުކޭޝަނުން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ދެ ގަޑި އިރަށް ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ ކޮމަންވެލްތު އެޑިއުކޭޝަނަލް މީޑިއާ ސެންޓާ ފޯ އޭޝިއާ (ކެމްކާ) އާއި ނެޝެނަލް އިންސްޓްޓިއިޓް އޮފް އެޑިއުކޭޝަން ގުޅިގެންނެވެ.

ޒޫމް މެދުވެރިކޮށް މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ އެ ސެޝަންގައި އެކި ސްކޫލްތަކާއި ތައުލީމީ ދާއިރާގެ 677 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އެ ސެޝަންތަކުގައި އޮންލައިންކޮށް ކިޔަވައިދިނުން ރާވާނެގޮތާއި އޭގެ ވައްޓަފާޅިއާއި ގޫގަލް ކްލާސްރޫމާއި ގޫގަލް ޓޫލްތަކާއި އޮންލައިންކޮށް ކިޔަވައިދިނުމުގައި ކުދިން އެސެސް ކުރާާނެގޮތްތަކާއި އަދި މުހިންމު ބައެއް އޮންލައިން ޓޫލްތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ގެންދާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top