200އަށްވުރެ ގިނަ ނަރުހުން ހޯދަނީ.

emg-2.jpg

ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާނު ކޮށްފިއެވެ.

 

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީގެ ދަށުން ހިންގާ މަރުކަޒުތަކަށް 263 ނަރުހުން ހޯދަން ބޭނުންވާ ކަމަށާ އޭގެ ތެރޭގައި ރެޖިސްޓަރޑް ނަރސް، ސީނިއަރ ރެޖިސްޓަރޑް ނަރސް، ކްލިނިކަލް ނަރސްހިމެނޭ ކަމަށެވެ.

މިކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތައް 23 ސެޕްޓެމްބަރުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރ އަށް ހުށަހެޅުމަށް ހެލްތުން އެދެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top