ވަޒީފާގެ ގަޑި ނިމުމުން ވަކި ތަނެއްގައި ހުރުމަށް މަޖްބޫރު ނުކުރެވޭނެ- ހިސާން

big_ilm332R8aaHT75C.jpg

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން

ވަޒީފާގެ ގަޑި ނިމުމުން ވަކި ތަނެއްގައި ހުރުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން މިއަދު ވިދާޅުވީ މުވައްޒަފުން ބަންދުކޮށްގެން ރިސޯޓުތަކުގައި ގެންގުޅެވޭނެ ކަމަށް ގަބޫލުކޮށް ވާހަކަ ދެއްކުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ވަޒީފާގެ ގަޑި ނިމުމުން ވަކި ތަނެއްގައި ހުރުމަށް މަޖުބޫރު ކުރެވިގެން ނުވާނެ ކަމަށާއި މިއީ 2020 ވަނަ އަހަރު ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ހިސާން މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޑިއުޓީ ގަޑި ނިމުމުން ރޭގަނޑު ރަށަށް ދެވޭ ގޮތް ހަދަން ދާދިފަހުން ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ވެސް ހިސާން އެވެ.

ހިސާން ވިދާޅުވީ ރިސޯޓް ދޫކޮށް ދިއުމަށް ރިސޯޓްގެ އުޅަނދުފަހަރު ނޫން އުޅަނދުތައް ވެސް ބޭނުންކުރަން ލިބޭނެ ކަމަށާއި އަދި ވަޒީފާ އަށް އެނބުރި އަންނަން ބޭނުންކުރާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނާ ނުކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހިންނާމެދު ގިނަ ރިސޯޓުތަކުގައި މިހާރު ކަންތައް ކުރާ ގޮތަކީ މުވައްޒަފުން ދުވަހުގެ މަސައްކަތް ނިމުނަސް މުވައްޒަފުގެ އަމިއްލަ ރަށް ކިތަންމެ ކައިރީގައި އޮތަސް ރިސޯޓުން ހުއްދަ ނުދޭނަމަ ރިސޯޓުގައި މަޑުކުރަން ޖެހުމެވެ.

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޑިއުޓީ ނިންމުމަށްފަހު ރަށަށް ދެވޭ ގޮތް ހެދުމަކީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީން ވެފައިވާ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top