ފޭލި ،16ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

1ވަނަ.jpg

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި އަމްނާއު އަށް ޓްރޮފީ ހަވާލުކޮށްދެނީ. ފޮޓޯ : އީވީ

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ)ގެ 16 ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނަ އަށް އައި ފަރާތް ތަކަށް އިނާމު ދިނުމުގެ ޖަލްސާ މިއަދު ބާއްވައިފިއެވެ.

އެދބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައި ބޭއެްވި މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ބ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަފްރާހު އެވެ.

މި މުބާރާތުން އެއްވަނަ ހޯދާފައިވަނީ އޭދަފުށީ އަވިދޭގޭ މަލިކާ އަޙްމަދާއި ރ. އިނގުރައިދޫ އާހް އަމްނާއު އަހްމަދު ޝާހިދު އެވެ.

މަލިކާ ، މުޅި މުބާރާތުން އެއް ވަނަ ހޯދީ ހިތުން ކިޔެވުމުގެ ބައިންނެވެ. އަދި އަމްނާއު އެއްވަނަ ހޯދީ ފޮތުން ކިޔެވުމުގެ ބައިންނެވެ.

މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި މަލިކާ. ފޮޓޯ :އީވީ .

އެއްވަނަ ހޯދި މަލިކާ އަށާއި އަމްނާއު އަށް އިނާމާއި ހަނދާނީ ފިލާ ހަވާލު ކޮށްދެއްވީ ބ.އަތޮޅު ކައުންސިލުގެ ނައިބް ރައީސް އަހްމަދު އަފްރާހު އެވެ.

ހަތަރު ދުވަހަށް ދެމިގެން ދިޔަ މި މުބާރާތުން ހިތުން ކިޔެވުމުގެ ބައިން ދެ ވަނަ ހޯދީ އޭދަފުށީ އޯކިޑްވިލާ ޝާއިން މުހައްމަދު ރިފްޢަތު އެވެ.  ތިންވަނަ އަށް ދިޔައީ އޭދަފުށީ ފުނަމާގެ، އަބްދުﷲ ނާއިފް ނަޒީހް އެވެ.

4 އަހަރާ 7 އަހަރާ ދެމެދުގެ ހިތުންކިޔެވުމުގެ ބައިން 1ވަނަ ހައްވާ ނައުރީން މުހައްމަދު

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން ދެވަނަ ހޯދާފައިވަނީ ބ. ތުޅާދޫ ހުދުފަޅު ޔައީސް މުހައްމަދު ސާޖިދުއެވެ. ތިން ވަނަ ލިބުނީ ހިތާދޫ އަސަރީވިލާ އާއިޝަތު ނަޖްލާ އަށެވެ.

މުބާރާތުން ވަނަ ހޯދި ކުއްޖަކަށް އިނާމު ހަވާލުކޮށްދެނީ

މީގެ އިތުރުން އެކި އުމުރު ފުރާތަކުން އެއްވަނަ އާއި ދެވަނަ އަދި ތިން ވަނަ އަށް ހޮވުނު ކުދިންނަށް ވެސް އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ވަނީ ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top