އީދަށް ހަނދުބެލުން މިރޭ

Eid-Moon.jpg

1439 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތުކުރުން މިރޭ އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

މިއަހަރުވެސް ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާ ކުރުމަށް ހަމަޖެހިފައިވެއެވެ.

މިމަހު ހަތަރު ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރި އިއުލާނުގައި ވިދާޅުވެފައިވާ ގޮތުގައި ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިއަދު ހަވީރު 5.30 ން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީ ކައުންސިލް އިދާރާތަކާއި، އަތޮޅު ކައުންސިލް އިދާރާތައް އަދި ރަށު ކައުންސިލް އިދާރާތަކާއި އެރަށެއްގެ އަވަށު އޮފީސްތައް ހުޅުވިފައި ހުންނާނެއެވެ.

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށް ޑީޖޭއޭގެ އިއުލާނުގައި ވެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު މާލެސިޓީގައި މުޅި އެކު 24މިސްކިތުގައި ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top