ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މި ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކޮންމެ އަހަރަކު ވެސް މާލީ އެހީ ފޯރުކޮށް ދެމުން އަންނަ ފަންޑެކެވެ.
ބީއެމްއެލްއިން ބުނީ މިއީ ރާއްޖޭގެ ޖަމިއްޔާތައް ބާރުވެރިކޮށް، މުޅި މުޖުތަމައު ހިމެނޭހެން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް އެ ބޭންކުން ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
މިފަންޑު ތައާރަފުކުރި ފަހުން، މުޖުތަމައަށް ބޭނުންތެރި ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް މިހާތަނަށް ޖުމްލަ ނުވަ ޖަމިއްޔާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 14 ގެ މެންދުރު ފަހު 2:00 އެވެ.
ކޮންމެ އަހަރަކު ވެސް ބޭންކް ފަންޑު ކާމިޔާބުކުރާ 5 ފަރާތަކަށް އެހީ ދެ އެވެ. އެގޮތުން މި އެހީ ދެނީ ތަޢުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން ނުވަތަ މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ. އެވެ.
ގައުމީ ބޭންކްގެ މި ފަންޑު ހިންގަމުން އަންނަތާ މިއީ 3 ވަނަ އަހަރެވެ.






