ސިމެންތީގެ ދަތިކަން ވަރަށް އަވަހަށް ހައްލުވާނެ

big_Rm3SPQ5tM3wGayFSKjWw9STLi.jpg

އިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ސިމެންތި އާއި ހިލަވެލި ފަދަ ތަކެތީގެ ދަތިކަން ވަރަށް އަވަހަށް ހައްލުވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޓްްރޭޑް ޑެސްކް ޕޮޑްކާސްޓްގައި ޝިމާދު މިއަދު ވިދާޅުވީ އިމާރާތް ކުރުމުގެ ދާއިރާ އަށް ބޭނުންވާ ތަކެތީގެ ދަތިކަން ރާއްޖެ އަށް ކުރިމަތިތީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކަމަށެވެ.

ޝިމާދު ވިދާޅުވި ރާއްޖެއަށް އެންމެ ގިނައިން ސިމެންތިއާއި ހިލަވެލި ގެންނަނީ މެދުއިރުމަތީގެ ގައުމުތަކު ކަމަށެވެ. އެގޮތުން ހިލަވެލި އެންމެ ގިނައިން ރާއްޖެއަށް ގެންނަނީ ޔޫއޭއީގެ ފުޖެއިރާއިން ކަމަށާއި ސިމެންތި އެންމެ ގިނައިން ގެންނަނީ އޮމާނުން ކަމަށް ވާތީ އެ ތަކެތި ގެނައުމަށް ދިމާވި ހުރަސް ތަކާ ގުޅިގެން ޑިމާންޑު ބޮޑުވެ، ތަކެތީގެ އަގުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އައީ ކަމަށް ޝިމާދު ވިދާޅުވި އެވެ.

“މެދުއިރުމައްޗަކީ މުދާ އުފައްދާ ސަރަހައްދަކަށްވެފައި، ހާއްސަކޮށް ކޮންސްޓްރަކްޝަން މެޓީރިއަލް، އަނެއްކޮޅުން ކޮންސްޓްރަކްޝަން މެޓީރިއަލްގެ އެންމެ ބޮޑު ކޮންޒިއުމާ. މިހާރު ދުބާއީ ސައުދީ އަދި ގަތަރު ތަންތަނުގައި އިމާރާތްތައް އެދަނީ ދުވަހުން ދުވަހަށް އިތުރުވަމުން އަދި އުސްވަމުން،އޭ” ނަ ވިދާޅުވި އެވެ. “އެހެންވީމާ މެދުއިރުމަތިން ދުނިޔޭގެ އެހެން ގައުމުތަކަށް މުދާ އެކްސްޕޯޓުކު ރުން ހުއްޓައިލުމުގެ އިތުރުން މެދުއިރުމަތިން ކުއަރީސް އެބަދޭ އެހެން ގައުމުތަކަށް.”

ނަމަަވެސް ވަރަށް އަވަހަށް ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތަކަށް ބޭނުންވާ އަސާސޫ ތަކެތި ލިބޭނެ ކަމަށް ޝިމާދު ވިދާޅުވި އެވެ. އަދި އެތަކެތި ލިބުމުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށް ދިނުމުގެ މަސައްކަަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top