އޭދަފުށީގެ މިނިވަން50ހަވީރު ވަރަށްފުރިހަމަ

DSC_0584.jpg

މިނިވަން50 ހަވީރު ފާހަގަކުރުމަށް އޭދަފުށީގައި ބޭއްވި ހިނގާލުން

މިނިވަންކަމަށް 50 އަހަރުފުރުމުގެ ރަންޔޫބީލްގެ އުފާވެރިމުނާސަބަތުގައި އޭދަފުށިގައި މިއަދުހަވީރު އޮތް ހިނގާލުމަކީ ކޮންމެގޮތަކުންބެލިއަސް މިހާތަނަށްބޭއްވުނު އެންމެފުރިހަމަ ހިނގާލުމެވެ. މިހިނގާލުމުގައި ބައިވެރިވި މީހުންގެއަދަދަށް ބަލައިލިއަސް ހިނގާލުމުގައިބައިވެރިންގެ ޝައުގުވެރިކަމާ މޫނުމަތިން ފެންނަ އުފާވެރިކަމަށްބަލައިލިއަސް އަދި މިހިނގާލުމަށް ކުޑަކުދިންނާ އެކުދިންގެ ބެލެނިވެރިން ތައްޔާރުވެފައިވާގޮތަށް ބަލައިލިޔަސް ދެންނެވޭނީ މިއީ މިހާތަނަށް ބޭއްވުނު އެންމެފުރިހަމަ ހިނގާލުންކަމުގައެވެ.DSC_0507

ގައުމީކަމެއްގެ ގޮތުގައި ގައުމީހެދުމުގައި މިނިވަން50 ލޯގޯޖެހި ދިދަތައް ވަޔާވިހުރުވަމުން މިނިވަންކަމުގެ ލަވަކިޔަމުން ރަށުގެ ވަށައިގެންވާ މަގުތަކުގައިވަނީ ހިތްގައިމު ކުޅިވަރުގެ ހަރަކާތަތަކެއްވެސް ދައްކާލާފައެވެ.10676365_10153010390262918_304544995450720904_n

ރަސްމީފާލަމާހަމައިންފެށި މިހިނގާލުން ސްޓޭޖްސަރަހައްދަށް ނިންމާލުމަށްފަހުކުޑަކުދިންތަކެއްވަނީ އެތަނުގައިވެސް މިނިވަންދުވަހަގުޅޭ ވަރަށްރީތި ކުޅިވަރުގެ ހަރަކާތްތަކެއް ދައްކާލާފައެވެ.

މި ހަވީރު ނިންމާލާފައިވަނީ މިނިވަންދުވަހާގުޅޭ ދުޢާއެއް ކުރުމަށްފަހުގައެވެ.DSC_0172

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top