އާ ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

DSCN6122.jpg

އޭދަފުށި ބަނދަރުމަތި---އިވީ ފޮޓޯ

އޭދަފުށީގައި ސަރުކާރުން ތަރައްގީކުރާ އާ ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލު ކުރީ މިދިޔަ ޖޫން މަހުއެވެ.

ބ. އަތޮޅުގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތް ބައްލަވައިލެއްްވުމަށް ކުރެއްވި ދަތުރުގައި އޭދަފުއްޓަށް ވަޑައިގެން އާޒިމް ވިދާޅުވީ، އާ ބަނދަރަކީ މިހާރު އޮތް ބަނދަރާއި ވަކިން ހަދަންޖެހޭ ބަނދަރަކަށް ވާތީ އީއައިއޭ މަރުހަލާގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މި ދަތުރުގެ ތެރެއިން އެ ބަނދަރުގެ ކޮންސެޕްޓް ފައިނަލްކޮށް މަސައްކަތް އަވަސް ކުރުމަށް ކައުންސިލާއި މަޝްވަރާކޮށްފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ބަނދަރުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

އޭދަފުށީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަޅީގައި 303 މީޓަރުގެ ވާޓަރު ބަނދަރާއިއެކު 371 މީޓަރު ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 18 މީޓަރު ކޮންކުރީޓު ބްރިޖާއި، 119 މީޓަރުގެ ބޮޑުހިލަ ބޭރުތޮއްޓެއް ހެދުން ހިމެނެއެވެ. އަދި 63 މީޓަރުގެ ނެރުފައިކަށި ޖެހުމާއި، 5490 އަކަމީޓަރުގެ ސަރަހައްދެއް ހިއްކުމާއި، ވާޓަރުގައި ރޭމްޕެއް ހިމެނުމާއި، ވާޓަރާއި އިންވެގެން ޕޭވްމަންޓާއި، ބަނދަރު ބައްތި އަދި ނެރުބައްތި ގާއިމް ކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 64.67 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top