ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ބ.އަތޮޅު ކައުންސިލާ މަޝްވަރާކޮށްފި

big_oHo2g45KyyJHS7A95R2XG5j6e.jpg

ބ.ަތޮޅު ކައުންސިލާ އެކު ޓޫރިޒަމް މިނިސްޓްރީން އޮންލައިން ކޮށް ބޭއްވި ބައްދަލުވުން --ފޮޓޯ : ޓޫރިޒަމް މިނިސްޓްރީ

ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމާއި ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ބ.އަތޮޅު ކައުންސިލާ މަޝްވަރާ ކޮށްފި އެވެ.

ޓޫރިޒަމް މިނސްޓްރީން ހާމަކުރި ގޮތުގައި ހއ.އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް ހަތް އަތޮޅެއްގެ ކައުންސިލާއެކު މިހާތަނަށް ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުންތައް ކުރިއަށްގެންދަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ހުރިހާ އަތޮޅު ކައުންސިލްގެ ރައީސުންނާއި މޭޔަރުންނާއި ވަނީ ބައްދަލުކޮށްފައެވެ. މިހާރު ބައްދަލުކުރަމުން ދަނީ އެ އަތޮޅެއް ހިމެނޭ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސްއާއި ރަށްރަށުގެ ރަށު ކައުންސިލްގެ ރައީސުންނާއެވެ. އަދި އެއަށްފަހު ކޮންމެ ރަށެއްގެ ކައުންސިލާ ވަކިން މަޝްވަރާކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން ރިސޯޓް މޮޑެލްއަށް ރަށްރަށުގެ ފަތުރުވެރިކަން ގެނެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރާކަމަށާ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންވެސް އަތޮޅުގެ އެހެން ރަށްރަށަށްވެސް ޒިޔާރަތްކުރާނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުމުގެ މަސައްކަތާއި އޭގެ ނަފާ އަތޮޅުގެ ރަށްރަށަށް ހޯދައިދިނުމުގެ މަސައްކަތް ކުރެވިދާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top