އަވަސް ޚަބަރު: ތުޅާދޫ ޔޫސުފް މޫސާ ނިޔާވެއްޖެ!

oooo.jpg

ޔޫސުފް މޫސާ ، ރައީސް ނަޝީދުގެ ވާތް ފަރާތުގައި-- ފޮޓޯ :ތުޅާދޫ.ކޮމް- އެފްބީ

ދިވެހިސަރުކާރަށާ ބ.އަތޮޅަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބ.ތުޅާދޫ ޔޫސުފް މޫސާ، ރޭ ފަތިހު ނިޔާވެއްޖެ އެވެ.

ޔޫސުފް މޫސާ 91އ. ނިޔާވީ މުސްކުޅި ބަލީގައި ގިނަ ދުވަސް ތަކެއްގައި އުޅުއްވުމަށްފަހު ކުއްލިއަކަށް ހާލު ދެރަވެގެން ތުޅާދޫ ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޔޫސުފްމޫސާ އަދާ ކުރެއްވި ވަޒީފާތަކުގެ ތެރޭގައި ބ.އަތޮޅު ކޮމިޓީގެ މެންބަރުކަމާ ތުޅާދޫ ކަތީބު ކަމާ ބ. އަތޮޅު ކައުންސިލްގެ ވެރިޔާގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ތުޅާދޫގެ އިޖްތިމާއީ ކަންކަމުގައިވެސް އޭނާވަނީ އިސް ދައުރެއް އަދާކުރައްވައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.

ޔޫސުފް މޫސާ ނިޔާވުމުގެ ސަބަބުން އާއިލާއަށް ކުރިމަތިފައިވާ ފުން ހިތާމައިގާ ބައިވެރިވެ ތައުޒިޔާ ރައްދު ކުރާ ހިނދު މާތް ﷲ އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމެވެ. (ތަފްސީލު އަންނަނީ )

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު