ލޯކައިރިކަޅުވުން. ގޭގައިދެވިދާނެ ބައެއް ފަރުވާ

dfrg-620x330.jpg

ލޯކައިރި ކަޅުވުމަކީ ޚާއްސަކޮށް އަންހެނުންނަށް ވަރަށް ގިނައިން ދިމާވާކަމެކެވެ. އާއްމު ގޮތެއްގައި މި މައްސަލަ ދިމާވަނީ ސިއްހަތާއި ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުންކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އޭގެތެރޭގައި ސްޓްރެސް އާއި ބޭނުންވާވަރަށް ނުނިދުމާއި ހޯމޯންސަށް އަންނަ ބަދަލު ތައް ހިމެނެއެވެ. ލޯކައިރި ކަޅުވުމަކީ މުޅި މޫނު ހަޑިވެ ބައެއްފަހަރުލޮލުގެ ފެނުމަށްވެސް ބަދަލު އަންނަ ކަމެކެވެ. އެހެންވީމާ މިއީ ފަރުވާ ހޯދަން އަވަސްކުރަން ޖެހޭ ކަމެއްކަމުގައި ޑޮކްޓަރުން ލަފާ ދެއްވައެވެ.

މިކަމަށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމުގެ ކުރިން ގޭގައި ކުރެވިދާނެ ފަރުވާތައްވެސް އެބަހުއްޓެވެ. ބަލައިލަމާ ހިނގާށެވެ.

ޓޮމާޓޯ: ޓޮމާޓޯއަކީ މިކަމަށް ވަރަށް މޮޅު އަދި އަވަހަށް ނަތީޖާ ނެރެވޭ އެއްޗެކެވެ. މިއީ ގުދުރަތީ އަދި މިކަމުގެ ސަބަބުން އެއްވެސް ސައިޑް އިފެޓެއް ނާންނާނެ ފަރުވާއެއްވެސް މެއެވެ. މި ފަރުވާއިން ލޯކައިރި ރީތި ވުމުގެ އިތުރުން މޫނުގެ މަސްތަކަށްވެސް ރަނގަޅުބަދަލު އާދެއެވެ.
ބޭނުންކުރާނެގޮތް : އެއްސައިސަމުސާ ތާޒާ ޓޮމާޓޯޖޫހާއެކު ސައިސަމުސަލެއްގެ ލުބޯޖޫސް އެއްކޮށްލައިގެން ލޮލުގެ ތިރީގައި އުނގުޅާލާށެވެ. 10 މިނިޓްފަހުން ފެނުން ރީތިކޮށް މޫނު ދޮވެލާށެެވެ. ދުވާލު ދެއިރު މި ޓްރީޓްމަންޓް ދޭންވާނެއެވެ.

ސައިފަތްޕެކެޓް : ލޯކައިރި ކަޅުވުމަށް ސައިފައި ޕެކެޓުން ދެވޭ ފަރުވާއަކީވެސް އޭގެ ސަބަބުން ލޮލުގެ ވަށައިގެންވާ ދާއިރާ ރީތި ކޮށްލުމާ މޫނުގެ ރީތިކަންވެސް އިތުރު ކޮށްދޭ ކަމެކެވެ.
ބޭނުންކުރާނެގޮތް : ގްރީންޓީ ނުވަތަ ކެމޯމައިލް ސައިފަތް ޕެކެޓް ފެނުން ތެންމާލުމަށްފަހު އައިސް އަލަމާރިއަށް ލައިގެން ރަނގަޅަށް ފިނި ކޮށްލާށެވެ. އެއަށްފަހު ލޯމަތީގައި ބާއްވައިގެން އިރުކޮޅަކު މަޑުކޮށްލާށެވެ.

އަލުވި : އަލުތްވަކީ ގުދުރަތީ ބްލީޗް އެޖެންޓަކަށް ނުވަތަ ލައްފިލުވާލުމުގެބައި އެކުލެވިގެންވާ އެއްޗަކަށްވާތީ ވަރަށް ފަސޭހައިން ލޯކައިރި ކަޅުވުން ފިލުވައިލެވޭ އެއްޗެކެވެ. އެއްގޮތަކީ އަލުވި ފޮއްޗެއް ރީތިކޮށް ލޯ ކައިރީގައި ބޭއްވުމެވެ. އަނެއް ގޮތަކީ އަލުތްވެއް ކޮށާލާފައި ޖޫސް ހެދުމެވެ. މި ޖޫސް، ކަފަބުރަކުން ފަރުވާތެރިކަމާއެކު ލޮލުގެ ކަޅުވެފައިވާ ހިސާބުގައި އުނގުޅާލާށެވެ. 10 މިނިޓްފަހުން ފިނި ފެނުން ރީތިކޮށް މޫނު ދޮވެލާށެވެ.

ފިނިކޮށްފައި ހުންނަ ކިރު : މިއީ ފޭސްވޮޝްއެއްގެ ގޮތުގައިބޭނުންކޮށްލަންވެސް ރަނގަޅު އެއްޗެކެވެ. ނުވަތަ ކަފަބުރަކުން ލޮލުގެ ކައިރީގައި ލޮލުގެ އެތެރެއަށް ނުދާގޮތަށް ފަރުވާތެރިކަމާއެކު އުނގުޅާލާށެވެ.

އާމަންޑްއޮއިލް : ރޭގަނޑު ނިދަން އޮށޯންނަމުން އާމަންޑްއޮއިލް ކޮޅެއް ލޯކައިރީގައީ އުނގުޅާލުމަކީވެސް މިކަމުގެ ފަރުވާއެކެވެ. މޫނުދޮންނާނީ އަނެއް ދުވަހުގެ ހެނދުނުއެވެ.

މިފަރުވާ ތަކުގެ އިތުރުން ދުވާލަކު 8-10 ތަށި ފެން ބުއިމަކީވެސް ލޯކައިރި ކަޅުވުން ރައްކާތެރިކޮށްދޭނެ ފަސޭހަ ގޮތެކެވެ. މި ގޮތަށް ގަވާއިދުން ފެން ބޯނަމަ ހަމުގެ ބަލިތަކާ ހަންގަނޑު ތާޒާކޮށްދިނުމުގެ އިތުރުން ހަށިގަނޑު ބަރާބަރަށް ހިންގައިދިނުމުގައިވެސް ވަރަށްބޮޑަށް އެހީތެރިވެދޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top