އިންޓަނެޓްގެ އާ އަގުތައް އިއުލާނުކުރުން ފަސްކޮށްފި

shauna-minister-environment-technology-1-scaled.jpg

އިންޓަނެޓުގެ ޚިދުމަތްތަކާބެހޭ އާ މިނިސްޓަރު ، ޝައުނާ

އިންޓަނެޓް އަގުހެޔޮކޮށް އާއަގުތައް އިއުލާނު ކުރުން އަންނަ ބުރާފަތި ދުވަހާ ހަމައަށް އަނެއްކާވެސް ފަސްކޮށްފި އެވެ.

އިންޓަނެޓުގެ އަގު ހެޔޮކޮށް އާ އަގުތައް އިއުލާންކުރަން ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ. އިދާރީ ބައެއް ސަބަބުތަކާ ހެދި މިއަދަށް އެ ރަސްމިއްޔާތު ލަސްކޮށް މިއަދަށް ކަނޑައެޅި ވަގުތު ހަމަވިއިރު ވެސް އިންޓަނެޓުގެ އާ އަގުތައް އިއުލާން ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “އިންޓަނެޓްގެ ހިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު” އިއުލާން ކުރާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރު ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށް ބަދަލު ގެންނަން އެއްބަސްވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، މިހާރު ތިބި އޮޕަރޭޓަރުންގެ އިތުރުން އެހެން އޮޕަރޭޓަރުންނަށް ފުރުސަތު ނުދޭ ގޮތަށެވެ. އަދި މި މުއްދަތަށް ފަހު އަލުން އަގުތައް މުރާޖައާ ކުރުމަކީ ސަރުކާރާއި އޮޕަރޭޓަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމަށް ވެ އެވެ.

އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ، މި ސަރުކާރު ވެރިކަމަށް އައުމަށް އެންމެ ބާރަށް ދެއްކި ވާހަކަ އެވެ. އެކަމަކު ވެރިކަމަށް ތިން އަހަރުވާން ކައިރިވާއިރުވެސް  އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލު އައިސްފައި ނުވެއެވެ. އެކަމާހުރެ ސަރުކާރަށް ވަނީ ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top