އެމްއެންޑީއެފް ގެ ”ހާދަރު” އޭދަފުށްޓަށް

medium_108492.jpg

ނޮވެމްބަރު 3، 1988 ގައި ތަމަޅަ ޓައިގަރުންގެ ބަޔަކު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އަސްލަކަށް ބަލައިގެން ހަދާފައިވާ އެކްޝަން ތުރިލާ އެއްކަމުގައިވާ ދިވެހި ފިލްމް “ހާދަރު ” އަންނަ އޮގަސްޓް މަހުގެ 4 އާއި 5ގައި އޭދަފުށީގައި ދެއްކުމަށް ހަމަޖެހިއްޖެއެވެ.

މިފިލްމު އޭދަފުށީގައި ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދޭ އެއްފަރާތްކަމުގައިވާ ، ކްލަބް ބިގިނަަސް (ޓީބީ ) ގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ޝޯ ގެ ޓިކެޓް ވަރަށް އަވަހަށް ވިއްކަން ފަށާނެކަމަށާއި މިއަދުން ފެށިގެން ޝޯގެ ޓިކެޓަށް ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފާވާކަމަށެވެ. ޓިކެޓް ނަންނޯޓް ކުރެއްވުމަށް ގުޅުއްވާނީ 7908715 މި ނަންބަރަށެވެ.

ހާދަރުއަކީ ވާހަކަ ލިއުންތެރިއެއްކަމަށްވާ ބިންމާ އިބްރާހީމް ވަހީދު 3ނޮވެމްބަރ 88ގެ އުދުވާނީ ހަމަލާއާ ގުޅޭގޮތުން ލިޔެފައިވާ ވާހަކައަކަށް އެމްއެންޑީއެފްއިން އުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރ އަޝްއަރު ވަހީދު ވިދާޅުވިގޮތުގައި “ހާދަރު ” ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ފިލްމަކަށް ހެދި އެންމެ ބޮޑު ސެޓް ހެދި ފިލްމްކަމަށާއި މިއީ ރާއްޖޭގައި މިހާތަނަށް ނެރުނު އެންމެ ކާމިޔާބު އެއް ފިލްމްކަމަށް ވާނޭކަމުގައެވެ.

ފިލްމާބެހޭގޮތުން މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވީ “ހާދަރު” އަކީ ޤައުމީ ފިލްމެއް ކަމަށާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރުމުގައި ފަރުދީ ޒިންމާގެ މުހިންމުކަން “ހާދަރު”ގެ ސަބަބުން އަމިއްލަ ނަފްސަށް ޤަބޫލުކުރެވިގެން ދާނެކަމަށެވެ.

މި ފިލްމް ޕްރިމިއާ ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އަބްދުﷲ ޔާމީން އެވެ.

ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ 183 މިނިޓްގެ މިފިލްމްގެ ބޮޑުބައެއް ޝޫޓްކޮސްފައިވަނީ ލ.އަތޮޅުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top